ads
ފޮނަދޫ ކައުންސިލާ އެލްޖީއޭއާކު
އެލްޖީއޭއަށް ގޮންޖަހައި، ފަންބޮނޑިއަށް ހުއްދަނުދޭން ފޮނަދޫ ކައުންސިލުން ނިންމައިފި
ފަންބޮނޑި މޯލްޑިވްސްއަށް ލ. ފޮނަދޫގައި ' އޯޕަން އެކްސަސް ފައިބަރ ނެޓްވޯކެއް' ގާއިމްކުރުމަށް މަގު ކޮނުމުގެ ހުއްދަ ތަފާތު ކުރުމެއްނެތި ދިނުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގުމުން ވެސް މަގުކޮނުމުގެ ހުއްދަ ނުދޭން ފޮނަދޫ ކައުންސިލަށް ނިންމައިފި އެވެ.
Advertisement

އެލްޖީއޭއިން ފަންބޮނޑިއަށް މަގު ކޮނުމުގެ ހުއްދަ ތަފާތު ކުރުމެއް ނެތި ދިނުމަށް އަންގާފައި ވަނިކޮށް، ޕީޕީއެމްގެ 5 މެމްބަރުން ތިއްބަވާ ފޮނަދޫ ކައުންސިލް ރައީސް އަހުމަދު ރިޔާޒު ސޮއިކޮށް ފަންބޮނޑިއަށް ފޮނަދޫ ކައުންސިލުން ފޮނުވާފައި ސިޓީގައި ބުނެފައި ވަނީ އެކުންފުނިން އެދިފައިވާ މަގު ކޮނުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ. ފޮނަދޫ ކައުންސިލުން މަގާމް ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ މިހާރު ދަނީ އޭސީސީއިން ވެސް ތަހްގީގު ކުރަމުންނެވެ. 

މިއަހަރުގެ ޖެނުއަރީ މަހު ފަންބޮނޑި މޯލްޑިވްސްއިން މަގު ކޮނުމުގެ ހުއްދައަށް އެދުމުން، ފޮނަދޫ ކައުންސިލުން އެންމެ ފުރަތަމަ ބުނެފައި ވަނީ 3 ފަރާތަކަށް ހުއްދަދީފައިވާތީ ހުއްދަ ދެވެން ނެތް ކަމަށެވެ. މިމައްސަލަ އެލްޖީއޭއަށް އެކުންފުނިން ހުށަހެޅުމުން އެލްޖީއޭއިން މައްސަލަ ތަހްގީގް ކުރުމަށްފަހު ބުނެފައި ވަނީ ތަފާތު ކުރުމެއް އިހްމާލުވުމެއް ނެތި ފަންބޮނޑި މޯލްޑިވްސްއަށް ހުއްދަ ދިނުމަށެވެ. އެހެންނަމަވެސް މިއަދު ފޮނަދޫ ކައުންސިލުން ވަނީ މަގު ކޮނުމުގެ ހުއްދަ ދެވެން ނެތް ކަމަށް ފަންބޮނޑިއަށް އަންގާފަ އެވެ.

މިމައްސަލައިގައި ފަންބޮނޑިން ފޮނަދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެކުންފުނިން މަގު ކޮނުމުގެ ހުއްދައަށް އެދުނު ފަހުން ހުއްދައަށް އެދިފައިވާ ފަރާތްތަކަށްވެސް ހުއްދަ ދީފައިވާ ކަމަށާއި އެހެން ހުރިހާ ފަރާތްތަކަށް ދޭ މަގު ކޮނުމުގެ ހުއްދަ އެކުންޏަށް ނުދޭ ސަބަބެއް ބަޔާންކޮށްދިނުމަށެވެ.

 ރާއްޖޭގައި އެންމެ ފުރަތަމަ ފައިބަ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމް ކުރި ފަންބޮނޑި މޯލްޑިވްސް އަށް މިމައްސަލައިގައި ލ. އަތޮޅު ކައުންސިލުން ވެސް ބުނެފައި ވަނީ ފޮނަދޫ ކައުންސިލުން ފަންބޮނޑިއަށް ހުއްދަ ނުދީ ހިފަހައްޓާފައި ވަނީ އުސޫލެއް ހަމައެއްނެތި ގަވައިދާ ހިލާފަށް ކަމަށެވެ. ފައިބަރ އޯޕަން އެކްސަސް ނެޓްވޯކް އަކީ ޒަމާނީ ޓެކްނޮލޮޖީއަށް ވާސިލްވުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުން ކުރާ އިންފްރާސްޓަކްޗަރ ނިޒާމް އެކެވެ. މިއީ އެންމެ ކަނެޓްޝަނަކުން އެތަކެއް ޓެކްނޮލޮޖީގެ ހިދުމަތްތަކެއް ލިބިދޭ ގޮތަށް ފަރުމާކޮށްފައިވާ އިންފްރާސްޓަކްޗަރ ނިޒާމެކެވެ.

14%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
71%
ވަރަށް ސަލާމް
ކޮމެންޓްސް