ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޔާމީން އަދި އަދުރޭ
އިންތިހާބު ބޯމަތީ އޮއްވާ ޔާމީނާ އަދުރޭއާ ކުނި ޖެހުނީތަ؟
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ދެމެދު ކުނި ޖެހިފައިވާކަމަށް ޕާޓީގެ ބައެއް ފަރާތްތަކުން ބުނަން ފަށައިފިއެވެ.
Advertisement

އިންތިހާބު ބޯމަތީގައި އޮއްވާ ޔާމީނާ އަދުރޭއާ ދެމެދު ކުނި ޖެހިފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ، ޝަރީއަތުގައި މިހާރު ހިނގަމުންދާ ރައީސް ޔާމީންގެ މައްސަލަ ނިމޭ ގޮތަކުން އަންނަ އިންތިހާބުގައި އިދިކޮޅުން ނެރޭނެ ކެންޑިޑޭޓޭއްގެ ކަންތަކުގައި އުފެދޭ ދެބަސްވުންތަކާއެކުއެވެ.

ޕީޕީއެމް ކޯލިޝަންގެ ތެރޭގައި 2 ފެކްޝަނެއް އުފެދި، 2 ފެކްޝަނުގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެކަން މިހާރުވަނީ މަޖިލީހުގެ ޖަލްސާތަކާ ހަމައަށްވެސް ފޯރާފައެވެ.

ޔާމީނާ އަދުރޭއާ ދެމެދު ނުތަަނަވަސްކަމެއް އުފެދިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް ކޯލިޝަނުން ރަސްމީކޮށް އެކަން ދޮގު ކުރެއެވެ. ޕީޕީއެމް ޕީއެންސީން ނެރުނު ޖޮއިންޓް ސްޓޭޓްމެންޓެއްގައި މިއަދު ބުނެފައިވަނީ ރައީސް ޔާމީންގެ އިތުބާރު އަބްދުއްރަހީމްއަށް ގެއްލި ޕާޓީގެ މަސައްކަތްތަކުން އެކަހެރިކޮށްފައިވާ ކަމަށް ދެކެވެމުންދާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް