ads
ކްލަބު މޯލްޑިވްސް ކަޕްގެ ތެރެއިން (ފޮޓޯ އިމޭޖަސް)
ކްލަބު މޯލްޑިވްސް ކަޕްގެ ގުރުއަތުލުން މިރޭ
ކްލަބް މޯލްޑިވްސް ކަޕްގެ ގުރުއަތުލުން މިރޭ އޮންނާނެއެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ، އަދި އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ގުރުއަތުލުން އޮންނާނީ މިރޭ ޕީއެސްއެމް ސްޓޫޑިއޯގައެވެ. މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރަނީ 32 ޓީމެވެ. ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަންކަމަށްވާ، 18/30 ފުޓްސަލް ފިއެސްޓާގައި ވާދަކުރަނީ ފަސް ޓީމެކެވެ. އެއީ ކްލަބް ޔޫތު މިނިސްޓްރީ، ކްލަބް ވެމްކޯ، ޓީމު ފެނަކަ، އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން - އެމްޕީއެލް އަދި ދިވެހި ސިފައިންގެ ކްލަބް އެވެ.

ފިރިހެން ޓީމްގެ ސީޑަށް ފަހު ޕޮޓްތައް އެތުރިފައިވާ ގޮތް: 

4 ޕޮޓަކަށް ބަހާލާފައިވާ ގޮތް ތިރީގައި އެވަނީއެވެ.

ޕޮޓް 1: ރޯޑް ރެކްރިއޭޝަން ކްލަބް، ޓީމު އެފްއެސްއެމް، ޓީމު ފެނަކަ، އެމްޕީއެލް، އެސްޓީއޯ ރެކްރިއޭޝަން ކްލަބް، ކްލަބް އެޗްޑީސީ، އެމްއޭސީއެލް، ކްލަބް ވެމްކޯ

ޕޮޓް 2: ސިފައިންގެ ކްލަބް، ކްލަބް އެމްޓީސީ، ޓްރޭޑް ކްލަބް، ސްޓެލްކޯ ކްލަބް، ކްލަބް އިމިގްރޭޝަން، ޓީމު އެމްސީސީ، ކަސްޓަމްސް ރެކްރިއޭޝަން ކްލަބް، ޔުނައިޓެޑް ބީއެމްއެލް

ޕޮޓް 3: މީޑިއާނެޓް، ރާއްޖެ އޮންލައިން ކްލަބް، ކްލަބް އޭވިއޭޝަން ސެކިއުރިޓީ، އެމްއެމްއޭ ސޯޝަލް ކްލަބް، ޓީމު އެލައިޑް، ޓީމު ސިވިލް ކޯޓު، ފެން ކްލަބް، ޓީމު ޔޫތު މިނިސްޓްރީ

ޕޮޓް 4: ޓީމު ޑީޖޭއޭ، އެޗްއޭއާރްސީ، ކްލަބް ޓީޓީއެސް، ކްލަބް އާސަންދަ، މުލިއާގޭ ރެކްރިއޭޝަން ކްލަބް، މޯލްޑިވިއަން، ކްލަބް އެއާޕޯޓްސް، މިފްކޯ ރެކްރިއޭޝަން ކްލަބް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް