ads
އައިފޯން 14
އޯޑަރު ކުރި އައިފޯން 14 ލިބިއްޖެތަ؟
އަލަށް ތައާރަފުކުރި އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް ޕްރީއޯޑާ ކޮށްފައިވާ ދިރާގު ކަސްޓަމަރުންނަށް މިއަދު ފޯނު ހަވާލުކުރަންފަށައިފިއެވެ.

މި އެންމެ ފަހުގެ އައިފޯން 14 ޕްރޯ އަދި 14 ޕްރޯ މެކްސް ޕްރީއޯޑަރ ކުރުމަށް ދިރާގުން މިދަޔަ ހުކުރު ދުވަހު ހުޅުވާލުމާއިއެކު ކުޑަ ހިނދުކޮޅެއްގައި ތެރޭގައި ސްޓޮކްވަނީ ހުސްވެފައެވެ. 

ކަސްޓަމަރުންގެ މި ހޫނު ތަރުހީބާއިއެކު އައު ސްޓޮކް ލިބުމުން މިހަފުގެ އައިފޯން ދިރާގުން ގަތުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. ޒަމާނީ އައު ފީޗާރސް ތަކަކާއިއެކު ނެރެފައިވާ މި އައިފޯން މޮޑެލްތައް ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާއިއެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓް ޕްލޭނެއްގެ ދަށުންވެސް ގަނެވޭނެއެވެ. އަދި މި އައު އައިފޯނު ދިރާގު މެދުވެރިކޮށް ގަންނަ ކަސްޓަމަރުންނަށް 6 މަސް ދުވަހަށް، މަހަކު 5ޖީބީގެ ހިލޭ ބޯނަސް ޑޭޓާވެސް ލިބޭނެއެވެ.

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، މިހާރަށްވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތްކުރަމުންނެވެ.

63%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް