ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް ކިރިގިސްތާނަށް ދަތުރު ކުރެވޭގޮތް ހެދުމުގެ އެއްބަސްވުމެއްގައި ސޮއިކުރީ އިއްޔެ އެވެ. އެ އެއްބަސްވުމުގެ ދަށުން ވިސާ ދޭނީ 30 ދުވަހުގެ މުއްދަތަކަަށެވެ. މިމުއްދަތުގެ ފަހުންނަމަ ކުރިއެކޭވެސް އެއްގޮތަށް ކުރީބައިގައި ވިސާ ނަގަން ޖެހޭނެ އެވެ.
ކިރިގިސްތާނަަށް ވިސާނެތި ދެވޭ އެއްްބަސްވުމެއްގައި ސޮއިކުރިއިރު ކިރިގިސްތާނާއި، ތަޖަކިސްތާން ގުޅޭ ބޯޑަރުގައި މިހާރުވެސް ދަނީ ހަމަލާ ބަދަލުކުރެވެމުން ނެވެ. މި ހަމަލާތައް ހުއްޓާލުމަށް މިހާތަނަަށް ހަތަރު ފަހަރެއްގެ މައްޗަށް މަޝްވަރާ ކުރެވިފައިވީނަމަވެސް އަދިވެސް ހަމަލާތައް ނިމުމަކަށް ނާދެއެވެ.
ނަމަވެސް މި ހަމަލާތައް ބަދަލުކުރެވެމުންދަނީ، ކިރިގިސްތާނުގެ ދެކުނު ބަޓްކެން ޕްރޮވިންސްގައެވެ. ދިވެހީން އާއްމުކޮށް ގޮސްއުޅެނީ، ހުޅަނގުގައި އޮންނަ ކިރިގިސްތާނުގެ ކެޕިޓަލް ސިޓީ ބިޝްކެކް އަށެވެ.
ރާއްޖެއަށް އޮންއެރައިވަލް ވިސާ ގިނަ ގައުމުތަކުން މިހާރު ލިބެއެވެ. އެގޮތުން މިމަސްތެރޭގައި، ވިސާ ނެތި ކަޒަކިސްތާނަށް ދެވޭގޮތްވެސް ވަނީ ހަދައިފައެވެ.
ވިހިވިހި ވަނަ އަަހަރުތެރޭ ސައުދީންވެސްވަނީ ދިވެހީނަށް އޮންއެރައިވަލް ވިސާދޭން ފަށައިފައެވެ.
މީގެ އިތުރުން:
ދިވެހި ޕާސްޕޯޓަކީ، އޭގައިވާ ސަލާމަތީ ސިފަތަކާއިއެކު، މިވަގުތު ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓެވެ.