ގްރޭންޑް ސްލޭމް 20 މުބާރާތް ކާމިޔާބުކޮށްފައިވާ އުމުރުން 41 އަހަރުގެ ކުޅުންތެރިޔާ ޓެނިހުން ރިޓަޔަކުރީ މިހާރު ކުރިއަށްދާ ލެވަ ކަޕުގައި ކުޅުނު މެޗުން ބަލިވުމާއެކުއެވެ. މި މުބާރާތަށް ފަހު ކުޅުން ހުއްޓާލާނެކަން އޭނާވަނީ މިދިޔަ ހަފްތާގައި އިއުލާންކޮށްފައެވެ.
ދުނިޔޭގެ އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ކުޅުން ހުއްޓާލަން ނިންމީ އަނިޔާގެ ސަބަބުންނެވެ. މިދިޔަ ދެތިން އަހަރެއްގައި އޭނާ މުޅިންހެން އުޅުނީ ކަކުލަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމުގައެވެ.
ޕްރޮފެޝަނަލް ޓެނިހުގެ ތެރެއަށް 1998 ވަނަ އަހަރު ނުކުތް ފެޑެރާ ވިދާލީ 2003 ވަނަ އަހަރު ވިމްބަލްޑަން ކާމިޔާބުކުރުމުންނެވެ.