ads
ފޮޓޯ: ސޯޝަލް މީޑިޔާ
މާލެއިން ބޭރުގައި ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް
ހަނިމާދޫ އެއަރޕޯޓުގެ ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން މާދަމާރޭ އޮންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއާއި ހަވާލާދީ "ދައުރު" ނޫހުން ރިޕޯޓް ކޮށްފިއެވެ.

މި ޚަބަރާއި ގުޅުވައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއީ‏ ބޮޑު ތިލަދުންމަތި އިތުރުން، މުޅި ރާއްޖޭގެ އިޤްތިސާދަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށެވެ. އަދި މިއީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ ތާރީޚުގައިވެސް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް ކަމަށެވެ.

މި މަޝްރޫޢު ހިންގުމަށް ހަވާލުކޮށްފަައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށެވެ. 

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.

މި މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ މުޅިން އާ ޓާމިނަލެއް އިމާރާތް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މި މަސައްކަތް ނިމުމުން ބައިނަލްއަގުވާމީ ދަތުރު ތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއަރ ޕޯޓުން ހިދުމަތް ދެވޭނެ އެވެ. އަދި މެދު އިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާއި، އިރުމަތީ އެފްރިކާގެ ގައުމުތަކަށް ސީދާ ދަތުރުތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން މައުލޫމާތު ދެއްވާފައިވެއެވެ.

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް