ads
ޓެކްސް އެޕީލް ޓްރައިބިއުނަލް: މައްސަލަތައް ނުނިމި ދަނީ ލަސްވަމުން
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މައްސަލަތައް ނުނިމި ލަސްވަނީ
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި ނިންމަމުން ނުދާކަން ހާމަ ވެއްޖެއެވެ.

ގާނޫނުގައިވާ ގޮތަުން އެޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް 180 ދުވަހުގެ ތެރޭ ނިންމަން ޖެހެއެވެ. 

އެޓްރައިބިއުނަލަށް 3 ވަނަ ދައުރަށް އައްޔަން ކުރެވުނު މެންބަރުން ނިންމަން ޖެހޭ 73 މައްސަލައެއް އޮތް އިރު އެ މައްސަލަތަކުގެ ތެރެއިން ވޭތުވެ ދިޔަ 22 މަސްދުވަހުގެ ތެރޭ ނިންމިފައިވަނީ އެންމެ 34 މައްސަލައެވެ. އެއީ ގާތްގަނޑަކަށް ކޮންމެ ތިން ހަފްތާއަކުން މައްސަލައެކެވެ. 

އެޓްރައިބިއުނަލަށް މެންބަރުން އައްޔަން ކޮށްފައިވަނީ 2020 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އޭރު ނުނިމިހުރި މައްސަލަތަކުގެ އަދަދަކީ 57 އެވެ. މެންބަރުން އައްޔަން ކުރެވުނު ފަހުން، 2020ވަނައަހަރު އެއްމައްސަލައާއި، 2021ވަނައަހަރު 7 މައްސަލައެއް އެ ޓްރައިބިއުނަލްގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު 18 ވަނަދުވަހުގެ ނިޔަލަށް އިތުރު 8 މައްސަލައެއް ވަނީ ރަޖިސްޓްރީ ކޮށްފައެވެ. 

އެޓްރައިބިއުނަލުން ނިންމާފައިވާ 34 މައްސަލައިގެ ތެރެއިން ގިނަ މައްސަލަތަކަކީ 2 ވަނަ ދައުރުގައި އަޑުއެހުންތައް ނިންމާފައިވާ މައްސަލަތަކެވެ. އަދި 3 ވަނަދައުރަށް އައްޔަން ކުރެވުނު މެންބަރުން އިޖުރާއަތު ފުރިހަމަ ކުރުމަށް އަޑުއެހުން ބާއްވާފައިވާ މައްސަލަތަކެވެ. 

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މައްސަލަތައް ނުނިމި ލަސްވަމުންދާތީ އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް