ads
ހޯރަފުށި-- ފޮޓޯ:އަވަސް
ވަށާފާރު ނުރާނާ ސާފުނުކޮށް ހުރި ގޯތިތައް ނެގުމުގެ އުސޫލެއް އެކުލަވާލަނީ
މިއީ ހޯރަފުށީ ކައުންސިލުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ އުސޫލެކެވެ.

މި އުސޫލަކީ، ހޯރަފުށީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ވަށާފާރު ނުރާނާ، ސާފުނުކޮށް ގިނަ ގޯތިތަކެއް ހުރުމުން، އެކަން ކޮންމެވެސް އުސޫލަކުން ހައްލުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެއް ކަމުގައި ކައުންސިލުން ހާމަކުރައްވައެވެ. 

ބިމާބެހޭ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން އެކުލަވާލަމުން އަންނަ މި އުސޫލާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހުރިގޮތް ބެލުމަށް އެ ކައުންސިލުންވަނީ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. 

މި އުސޫލުގައި ގޯތި ދޫކުރިފަހުން 5 އަހަރުވެ، ސާފުނުކޮށް، ވަށާފާރު ނުރާނާ ހުރި ގޯތިތަކަށް ވަކި މުއްދަތެއް އެކަންކަން ރަނގަޅު ކުރުމަށް ދެވެއެވެ. އެ މުއްދަތުގައި އެކަން ނުކޮށްފިނަމަ، ނަސޭހަތް ދެއެވެ. އަދި ޖޫރިމަނާ އެއްވެސް ނެގެއެވެ. މި ހުރިހާ މަރުހަލާއަށް ފަހުވެސް، އެ ގޯއްޗެއްގެ ވެރި ފަރާތުން މިކަން އިސްލާޙު ނުކޮށްފިނަމަ، އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ހަމަޖެހިފައިވަނީ އެފަރާތެއްގެ ކިބައިން ގޯތި ވަކިކުރުމެވެ.

ހޯރަފުށީ ކައުންސިލް ރައީސް މުޙައްމަދު ވަޙީދު ވިދާޅުވި ގޮތުގައި، ރަށުގެ މަގުތައް ތަރައްގީވެގެން އަންނައިރު، 10 ނުވަތަ 15 އަހަރު 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ވަށާފާރު ނުރާނާ، ސާފުނުކުރެވި، މަދިރި އާލާވެ މީހުންނަށް އޭގެ ނުރައްކާ ކުރިމަތިވެ އެތަނާއި ހަވާލުވާނެ ފަރާތެއް ނެތް، ގުޅޭނެ ގޮތެއްނެތް ގޯތި އެބަހުރި ކަމަށެވެ. އެހެންކަމުން މިކަމަށް ކޮންމެވެސް ހައްލެއް އަންނަންޖެހޭ ކަމަށެވެ. ރަށުގައި ދިރިއުޅުމަށްޓަކައި ގޯތި ބޭނުންވާ އެތައް ސަތޭކަ ބަޔަކު މިހާރުވެސް އެބަތިބި ކަމަށެވެ.

އަދި އެކަން ނުކުރެވޭ ފަރާތްތަކުގެ ކިބައިން ގޯތިތައް ނެގުމަށްފަހު، އަލުން ގޯތި ދޫކުރުމާ ގުޅޭ އުސޫލުން އެ ގޯތިތައް ދޫކުރުން މާބޮޑަށް އެކަށީގެންވާ ކަމުގައިވެސް ކައުންސިލް ރައީސް ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކައިގައި ވިދާޅުވިއެވެ.   

77%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް