މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިނޭންޝަން ކޮންޓްރޯލަރު އިސްތިއުފާ ދެއްވީ ފައިނޭންސިން އެންޑް އެކައުންޓިން ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވާން ރާއްޖޭން ބޭރަށް ވަޑައިގަންނަވާށެވެ. ކިޔަވާ ވިދާޅުވެގެން އަލުން އެނބުރިވަޑައިގެން ފައިނޭންސިންގް ދާއިރާއާ އަލުން އެކަމަނާ ގުޅިވަޑައިގަންނަވާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ފައިނޭންޝަލް ކޮންޓްރޯލަރު ކަމުގެ މަގާމަށް ރަޒީނާ އައްޔަން ކުރައްވާފައިވަނީ 2016 ވަނަ އަހަރުއެވެ. އެކަމަނާ ސަރުކާރުގައި ޚިދުމަތް ކުރައްވާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.