
4.9 މިލިއަން ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ، ނިއޯމެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ކޭއާރުއެޗްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު އަހުމަދު ދާއޫދެވެ. ނިއޯމެޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ރަޝީދެވެ.
ކޭއާރުއެޗުން މަޢްލޫމާތު ދެއްވި ގޮތުގައި، ކަށީގެ ގިނަ ފަރުވާއަށް އެ ހޮސްޕިޓަލަށް އަންނަ މީހުންގެ ބޮޑުބައެއް މާލެއަށް ފޮނުވާކަމަށެވެ. މިއަހަރުގެ މިހާތަނަށްވެސް 18 މީހަކު މިގޮތުން މާލެއަށް އިތުރު ފަރުވާއަށް ފޮނުވާލާފައިވާ ކަމަށެވެ.
މި އެއްބަސްވުމުން ލިބޭ އެންމެ ބޮޑު ފައިދާއަކީ، މިގޮތަށް މާލެއަށް އިތުރަށް ފޮނުވާލަން ނުޖެހި، ފަރުވާގެ ކަންކަން ކޭއާރުއެޗުން ފުރިހަމަވެގެން ދިޔުމެވެ. އަދި މީގެ ސަބަބުން ސަރަހައްދީ ސިއްހީ ޚިދުމަތަށް ލިބިގެން މިދިޔައީ އިތުރު ކުރިއެރުމެކެވެ.
މީގެ ކުރިން ކަށީގެ އޮޕަރޭޝަންތަކަށް ބޭނުންވާ އާލާތްތައް ހޯދަމުން އައީ އައިޖީއެމްއެޗް އިންނެވެ.