ads
ހަނިމާދޫ ޕްރޮޖެކްޓްގައި ސޮއިކުރުމުގެ ހަފްލާގެ ތެރެއިން (ފޮޓޯ ދައުރު)
ދިވެހި އިގްތިސާދަށް އިންގިލާބެއް ގެނުވާނެ ހަނިމާދޫ ޕްރޮޖެކްޓްގައި ސޮއިކޮށްފި
ދިވެހި އިގްތިސާދަށް އިންގިލާބެއް ގެނުވާނެ ކަމަށް ބެލެވޭ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ޕްރޮޖެކްޓްގައި އިންޑިޔާގެ ކުންފުންޏަކާ އެކު ސޮއިކޮށްފިއެވެ.

ސަރުކާރުން ދެކޭ ގޮތުގައި މިއީ ރާއްޖޭގައި، މާލޭން ބޭރުގައި ހިންގޭނެ އެންމެ ބޮޑު ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރީ  ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އަދި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްގެ ނައިބު ރައީސް ކޭއެސް ރެޑީއެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެ މަޝްރޫއު ހަވާލުކުރީ 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ)ގެ އަގަކަށެވެ. މި ޕްރޮޖެކްޓްގެ ދަށުން ހަނިމާދޫގައި  2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް ގާއިމްކޮށް އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ޒަމާނީ އާ ޓާމިނަލެއް ހަދާނެއެވެ. އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، މި މަޝްރޫއުގެ މަސައްކަތް ނިންމައި 2024ގައި އެއާޕޯޓުން ހިދުމަތް ދޭން ފަށަން ވަނީ ހަމަޖެހިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް