ads
މި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ 3 މީހުން
ޔާމީންއާ ރިލްވާނުގެ މަރާ ގުޅޭ އަޑުއެހުން ސިއްރުކޮށްފި
ޔާމީން ރަޝީދާ އަހުމަދު ރިލްވާންގެ މަރާ ގުޅިގެން ދައުލަތުން ކުރާ ދައުވާގެ އަޑު އެހުމެއް ސިއްރު ޝަރިއަތެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފިއެވެ. މި އަޑު އެހުން ކުރިއަށް ގެންދާނީ މިއަދު ހަވީރުއެވެ.

ނޫސްވެރިޔާ ރިލުވާނާއި ލިޔުންތެރިޔާ ޔާމީން މަރާލި މައްސަލައިގެ ދައުވާ ކުރަން ފޮނުވާފައިވަނީ، މަރު ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގުތަކަކަށް ފަހުއެވބެ. މި މައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ އުފުލާފައިވަނީ އިސްމާއީލް އަބްދުއްރަހީމް (އިސޫ)، އަހުމަދު އިސްމާއިލް (ބުރު އަހަނދު) އަދި އަހުމަދު މުއާޒް (ގަޓް މުއާ) ގެ މައްޗަށެވެ.

މި 3 މީހުންގެ ތެރެއިން އިސޫގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދެ ދައުވާ އެވެ. އަހަނދަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އަދި މުއާޒް މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް