ads
ޖުޕިޓާ
1963 ވަނަ އަހަރަށް ފަހު ޖުޕިޓާ ދުނިޔެ އާ އެންމެ ކައިރި ވާނީ މިއަދު
ޖުޕިޓައަކީ އިރުގެ ނިޒާމުގައިވާ އެންމެ ބޮޑު ޕްލެނެޓެވެ. އެންމެފަހުން މި ޕްލެނެޓު ދުނިޔެއާއި އެންމެ ގާތްވީ، 1963 ގައެވެ.

އޭގެފަހުން ގާތްގަނޑަކަށް ފަސްދޮޅަސް އަހަރު ފަހުން ޖުޕިޓަ ދުނިޔެއާ އެންމެ ގާތްވާނީ މިއަދު ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ބުނެ އެވެ.

ނާސާއިން ހާމަކޮށްފައިވާގޮތުގައި، މިއަދު ޖުޕިޓާ، ދުނިޔެއާއި ކާއިރިވާ ނިސްބަތް، އާންމުކޮށް ދުނިޔެއާއި ޖުޕިޓާއާއި ދެމެދު ހުންނަ ދުރުމިނަށްވުރެ ދެގުނަ ކައިރިވާނެ އެވެ. އެއީ 590 މިލިއަން މީޓަރަށް ޖުޕިޓާ މިއަދު ދުނިޔެ އާއި ކައިރިވާނެތީ އެވެ.

އެމެރިކާގެ ނާސާގެ މާޝަލް ސްޕޭސް ފްލައިޓް ސެންޓަރުގެ އޭޑަމް ކޮބެލްސްކީ ވިދާޅުވާ ގޮތުގައި މި ޕްލެނެޓްގެ ވަށައިގެން ދަތުރުކުރާ އެންމެ ބޮޑު ހަތަރު ހަނދު ކަމަށްވާ ގޭނީމީޑް، ޔޫރޮޕާ، އައިއޯ އަދި ކަލިސްޓޯ ވެސް މިއަދު ފެންނަން ހުންނާނެ އެވެ. އޭނާ ވިދާޅުވާގޮތުން މިއަދުން ފެށިގެން މަދު ދުވަސްކޮޅަކަށް ވަރަށް ރީތިކޮށް އެ މަންޒަރު ސްޓަގޭޒާސް[ތަރިތައް ބެލުމަށް ޝައުގުވެރިކަން ހުންނަ މީހުން] އަށް ފެންނަން ހުންނާނެ އެވެ.

އޭނާ ބުނާގޮތުން އުޑުމަތި ސާފު ރެއެއްްގައި ހަނދުގެ ބޭރުން ފެންނަން ހުންނާނެ އެންމެ އަލިގަދަ އެއްޗަކީ އެއީ ކަމަށްވާނެ އެވެ.

ފަސް ދޮޅަސް އަހަރުތެރޭ މިއީ ޖުޕިޓާ ދުނިޔެއާއި އެންމެ ކަައިރިވާ ފަހަރު ނަމަވެސް ސީދާ އިންސާނުންގެ ލޮލަށް މި މަންޒަރުތައް ފެނުމަކީ ނާދިރު ކަމެކެވެ. މި މަންޒަރުތައް ފެންނާނީ ސްޓަގޭޒާސް އަށް ނުވަތަ ތަރިތަކާއި ފަލަކީ ނިޒާމުގެ ކަންކަން ޓެލެސްކޯޕް  މެދުވެރިކޮށް ބަލައި މީހުންނަށެވެ.

73%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް