ads
ފިނޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ
ރައީސްގެ ވާހަކަ ތަކުން އުއްމީދު އާ ވެއްޖެ، އުފާވެރިކަން ގެނުވައިފި
"ހދ. އަތޮޅަކީ ރާއްޖޭގެ އެކި ސަރުކާރުތަކުން އަޅާ ނުލާ ދޫކޮށްލާފައި އޮތް ރަށެއް ކަމަށާއި، އެހެން ނަމަވެސް އެކަމަށް ނިމުމެއް ގެންނަވާ މުޅި ހދ. އަށް އަލުން ދިރުން ގެނެސްދެއްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން"
Advertisement

މިއީ މިއަދު ރައީސް ސޯލިހު ހދ. ފިނޭ އާއި އެ އަތޮޅު ނައިވާދޫ އަށް ވަޑައިގަތުމުން އެރަށުގެ ކައުންސިލް ތަކުން ދެއްކި އެއް ވާހަކަ އެވެ. މިއީ ހަމައެކަނި ކައުންސިލުގެ ބަހެއްވެސް ނޫނެވެ. ރަށުގެ އާއްމު ރައްޔިތުންވެސް ދައްކަމުން ދިޔައީ ހަމަ މިވާހަކަ އެވެ. 

ރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަން މީގެ ކުރީގެ ސަރުކާރު ތަކުން އެކަށީގެންވާ ވަރަށް ކޮށްނުދޭ ވާހަކަ އާއި، ހދ. އަތޮޅު އެހެން އަތޮޅުތަކާއި ބާކީ ކޮށްލާފައި ވާވަހަކަ އެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން އެއްވެސް ރައްޔިތެއް ބާކީ ނުކޮށް ތަރައްގީ ގެނެސްދެއްވާ ސިޔާސަތުގެ ދަށުން އެއަތޮޅުވެސް މިއަދު ތަރައްގީގެ ޕްރޮޖެކްޓު ތަކުން ފުރި ބަރާ ވެފައިވާ ވާހަކަ ރައްޔިތުން ހިއްސާ ކުރީ ނުހަނު އުފަލާއި ހިތް ހަމަޖެހުމާއި އެކު އެވެ. 

ރައްޔިތުން އެ ދައްކަނީ ހެޔޮ ވާހަކަ އެކެވެ. މިވަގުތާއި ހަމައަށް ހދ. ގައި ސަރުކާރުން ޖުމްލަ 199 ތަރައްގީގެ މަޝްރޫއު ގެންދަވަނީ ހިންގަވަމުންނެވެ. މިއީ ފައިސާގެ ގޮތުން ބަލާ ކަމުގައި ވަނީ ނަމަ، 970 މިލިއަން ރުފިޔާގެ މަޝްރޫއު ތަކެކެވެ. އަދި މިއީ ހަނިމާދޫ އެއާޕޯޓް ނުލާ ހިންގަމުން އަންނަ މަޝްރޫއުތަކުގެ އަގެވެ. 

"އެމީހަކު އުޅޭ ރަށެއް، އަތޮޅެއް، ސިޓީއެއް ތަފާތުނުކޮށް ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، ހަމަހަމަޔަށް އެންމެންނަށް ފޯރުކޮށްދިނުން. މިއީކީއެއް މެނިފެސްޓޯއެއްގައި ލިޔަންޖެހޭ ވާހަކައެއް ނޫން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މެނިފެސްޓޯއަކު ނޯންނާނެ، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްދޭނެ ވާހަކައެއް. އެއީ، އެއަށްވުރެ އަސާސީ ކަމަކަށްވާތީވެ. ގާނޫނުއަސާސީގައި ބުނަނީ ރައްޔިތުންގެ މެދުގައި ތަފާތުނުކުރުމަށް. ތަފާތުނުކުރުމަކީ ހަމައެކަނި ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެތާ އިންނަވާ ފަނޑިޔާރު ކުރައްވަންޖެހޭ ކަމެއް ނޫން. އަދި ފުލުސް އޮފީހަށް ހުށަހެޅޭ ތަހުގީގެއް ކުރުމުގައި، ހަމައެކަނި އެތާ އިންނަވާ ތަހުގީގުކުރާ ބޭފުޅަކު ކުރައްވަންޖެހޭ ކަމެއް ނޫން. އެއީ، އެއިރަކު ރައްޔިތުން އިންތިހާބުކޮށްފައި އޮންނަ ސަރުކާރަކުން ރައްޔިތުންނާ ދޭތެރޭގައި ކުރަންޖެހޭވެސް ކަމެއް. އަޅުގަނޑުމެން ވީ ވައުދަކީ އެއީ. ތަފާތުނުކޮށް ހަމަހަމަކަމާއެކީގައި އިންސާފުން އެންމެންނަށް ކަންތައްތައް ކޮށްދިނުން. އިރާދަކުރެއްވިއްޔާ، އެ ބޮޑު ވައުދު އަޅުގަނޑުމެން އެގޮތަށް ފުއްދަމުން ގެންދާނަން."

މިއީ ރައީސް ސޯލިހު ނައިވާދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ ހިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅެވެ. 

your imageހދ. ނައިވައިދޫ ފެނުގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

އެމަނިކުފާނުގެ މި ވާހަކަފުޅުންވެސް އެނގިގެންދާ އެއް ކަމަކީ ތަފާތު ކުރުމަކީ އެމަނިކުފާނު ނުރުހޭ ކަމެއް ކަމެވެ. އަދި އިންސާފުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއި އެކު ކަންކަން ކޮށްދެއްވަން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތެވެ. 

ވެރިކަމަށް ހަތަރު އަހަރު ވެގެން ދާއިރު، އޭގެ ތެރެއިން ދެ އަހަރު ދިޔައީ، މުޅި ދުނިޔެއަށް ދިމާވި ބަލިމަޑުކަން ކަމަށްވާ ކޮވިޑް-19 ގެ އާލަމީ ވަބާގެ ތެރޭގަ އެވެ. އެހެން ނަމަވެސް އެ ދަތި ތަކާއި އެކުވެސް އެމަނިކުފާނާއި، އެމަނިކުފާނުގެ ޓީމުން ކުރައްވަމުން ގެންދެވީ ދިވެހިން އެކަމަށްޓަކައި ފަހުރުވެރިވާ މަސައްކަތެކެވެ. 

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ތިން ރަށަކަށް ވަޑައިގެންނެވި އިރު، ދަތުރުފުޅުގެ ދެވަނަ މަންޒިލަކަށް ވެގެން ދިޔައީ، ފިނޭ އެވެ. 

ފިނޭގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި، އޮފީސް އިމާރާތް ހުޅުއްވައި ދެއްވައި، އަދި އެރަށުގެ އާ ކަރަންޓް ވިއުގައާއި، ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހުކޮށްދެއްވައި ރައީސް ސޯލިހު ވަނީ މާނަ ފުން މެސެޖެއް ރައްޔިތުންނަށް ދެއްވާފަ އެވެ. ހަމަ ޔަގީނުންވެސް ފިނޭގައި ހުންނަވައިގެން އެމަނިކުފާނު ދެއްކެވީ ހަގީގަތެކެވެ. ކަންކަން ވާންޖެހޭ ގޮތުގެ ވާހަކަ އެވެ.

your imageފޮޓޯ: ޕްލޭނިން މިނިސްޓްރީ 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހދ. ފިނޭގައި އަސާސީ ހިދުމަތްތައް ގާއިމްކުރެވުމާއެކު ފިނޭ މިއަދު ވެގެން މި ދިޔައީ އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށެއްގެ ގޮތުގައި ކަމަށެވެ. އަދި، ފިނޭ މިގޮތަށް ބަދަލުވެގެން ދިއުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އުފަލެއް ކަމަށް ވިދާޅުވި އެވެ. ފިނޭގައި އަސާސީ ހިދުމަތްތައް ގާއިމް ކުރެވުމާއި އެކު، ތަރައްގީގެ އިތުރު ފުރުސަތުތައް ރަށުގެ ރައްޔިތުންނަށް ހުޅުވިގެން ދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް ސޯލިހުގެ ސަރުކާރުގެ ތަފާތު ކުރުމެއްނެތި ކަންކަން ކޮށްދެއްވުމުގެ ސިޔާސަތުގެ ތެރެއިން ސަރުކާރުން ބޭނުންވަނީ، ބޮޑުތިލަދުންމައްޗަށް އިންގިލާބީ ތަރައްގީ އެއް ގެނައުމަށެވެ. ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެނައުމަށެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް