
އާޒާދު އެ މަގާމަށް އައްޔަން ކުރެއްވީ، މީގެ ކުރިން އެމަގާމުގައި ހުންނެވި، ފާތިމަތު ރަޒީނާ ހަ އަހަރު ދުވަހުގެ ފަހުން އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެކަމަނާ މަގާމުން އިސްތިއުފާ ދެއްވީ، ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވާން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހަމަޖެހުމުންނެވެ.
އާޒާދު މީގެ ކުރިން ހުންނެވީ ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރިފޯމް ކޮންސަލްޓެންޓަކަށެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ފައިނޭންޝަލް ކޮންސަލްޓެންޓްގެ މަގާމާއި، އެންޓިކޮރަޕްޝަން ކޮމިޝަންގެ އިންޓެލިޖެންސް ޑިމާޓްމަންޓްގެ ހެޑް އޮފް ޑިޕާޓްމެންޓްގެ މަގާމު ވެސް އާޒާދު ވަނީ މީގެ ކުރިން އަދާ ކުރައްވާފަ އެވެ. މީގެ އިތުރުން ހަޒާނާ މޯލްޑިވްސްގެ އެކައުންޓް އެންޑް ފައިނޭންސްގެ އިސްވެރިޔާގެ ގޮތުގައި ވެސް މަސައްކަތްކުރައްވައިފަ އެވެ.
ސީއެފްއޭ ޗާޓާޑް އެކައުންޓެންޓް، އާޒާދަކީ ފައިނޭސް ދާއިރާއިން މާސްޓާސް ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.