ads
ރައީސް ސޯލިހު ދިއްދޫ އަށް ވަޑައިގަތުމަށް އާރްޓީއެލް ފެރީ އަށް އަރައިވަޑައިގަންނަވަނީ
ރައީސްގެ ދަތުރުފުޅުގެ ފަހު މަންޒިލަކަށް ދިއްދޫ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. ގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ދިއްދޫ އަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހު ދިއްދޫ އަށް ވަޑައިގެންފައި މިވަނީ، އެމަނިކުފާނު މިހާރު ތިލަދުންމަތީ އުތުރުބުރީގެ ދެ ރަށަކަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ދެ ރަށަކަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. 

ދިއްދޫ އަށް އެމަނިކުފާނު ވަޑައިގެންނެވީ އެމްޓީސީސީގެ އާރްޓީއެލްގެ ފެރީ އެއްގަ އެވެ.

ރައީސް ސޯލިހު ދިއްދޫ އަށް ވަޑައިގެންނެވި އިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންފަ އެވެ.

ދިއްދޫ އަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި، މިރޭ ބާއްވާ އާރްޓީއެލް ޒޯން އެކެއްގެ ފެރީގެ ނިޒާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. 

މީގެ އިތުރުން މާދަމާ އެމަނިކުފާނު ރަށު ކައުންސިލް އާއި، އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ބައްދަލު ކުރައްވާނެ އެވެ. 

ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހުގެ ވަގުތެއްގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް