ads
ލަންޑަންގެ ރެޖެންޓްސް ޕާކް މިސްކިތް
ލަންޑަންގެ މިސްކިތެއްގައި ނަމާދުކުރަން ހުރި މީހެއްގެ ކަރަށް ވަޅި ހަރައިފި
އިނގިރޭސި ވިލާތުގެ ލަންޑަންގެ ރެޖެންޓްސް ޕާކް މިސްކިތުގެ އިމާމުގެ ކަރަށް ވަޅި ހަރައިފިއެވެ.

އެ ގައުމުގެ ފުލުހުން މައުލޫމާތު ދިން ގޮތުގައި މިސްކިތުގައި ހުރި މީހަކަށް ހަމަލަދިން ކަމުގެ ހަބަރު ލިބިފައި ވަނީ އެ ގައުމުގެ ގަޑިން ހަވީރު 3:10 ހާ އިރުއެވެ. 

މިސްކިތައް ވަތް މީހަކު އިމާމަށް ހަމަލާދިނީ އޭނާގެ ފަހަތުގައި ހުރެފައި އިމާމް މީހާ ނަމާދުކުރަން ފެށުމުން ކަމުގައި މަންޒަރު ދުއް މީހުން މައުލޫމާތުދެއެވެ. މަންޒަރު ދުއް މީހުން މައުލޫމާތި ދިން ގޮތުގައި އިމާމަށް ހަމަލާދިން މީހާ މިސްކިތުގައި މަޑުކޮށްގެން ހުރީ އިމާމް ނަމާދު ކުރަން ފަށަންދެނެވެ. އަދި އެ ވަގުތު ނަމާދުކުރަން މިސްކިތަށް އަރާ ތިބި މީހުން އޭނާ ހުއްޓުވުމަށް މަސައްކަތް ނުކުރި ނަމަ އިމާމަށް ލިބުނު ގެއްލުން ބޮޑުވާނެކަމަށް ވެސް އެމީހުން ބުންޏެވެ. 

އުމުރުން 70 ގެ އަހަރުތަށް ގުނަމުންދާ އިމާމަށް މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން ދާއިރު އޭނާގެ ހާލު ރަނގަޅުކަމަށް ރެޖެންޓްސް ޕާކް މިސްކިތުގެ ޑިރެކްޓަރ ޖެނެރަލް ޑރ. އަހްމަދު އަލް ދުބަޔާން ވަނީ ވިދާޅުވެފައެވެ.

ހަމަލާދީފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. މީނާ މިހާރު ވީ ލަންޑަން ފުލުހުންގެ ބެލުމުގެ ދަށުގައެވެ. 

29%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް