ads
މާލޭގެ ކޮންސްޓްރަކްޝަން ސައިޓެއް (ފޮޓޯ އަވަސް)
ގަވައިދާ ހިލާފަށް ބިމުން ފެންނަގައި ބޭރުކުރާތީ އިންޒާރު
ފެނާއި ނަރުދަމާގެ ޤާނޫނާ އަދި އިމާރާތްކުރުމާއި ސިނާއީ އެހެނިހެން މަޝްރޫތަކަށް ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ ޤަވާއިދާއާ ޚިލާފަށް، ބިމުން ފެންނަގައި ފެންބޭރުކުރަމުންދާކަން ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޔުޓިލިޓީ ރެގިލޭޓަރީ އޮތޯރިޓީން ދީފިއެވެ.
Advertisement

ޔުޓިލިޓީ ރެގިލޭޓަރީ އޮތޯރިޓީން ބުނި ގޮތުގައި އިމާރާތްކުރުމާއި ސިނާއީ އެހެނިހެން މަޝްރޫތަކަށް ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ ޤަވާއިދަށް ގެނެވުނު ފުރަތަމަ އިޞްލާހު ގައިވާގޮތުން، އެ އޮތޯރިޓީގެ ހުއްދައާއި ނުލައި ބިމުން ފެންނަގައި ފެންބޭރުކުރާ ކޮންމެ ދުވަހަކަށް 40،000 ރުފިޔާ އިން ޖޫރިމަނާކުރެވޭނެއެވެ. އަދި ހުއްދައާއި ނުލައި ނުވަތަ ހުއްދައިގެ މުއްދަތު ހަމަވެފައިވަނިކޮށް ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާނަމަ، ހުއްދަ ދެވޭނީ ނުވަތަ ހުއްދައިގެ މުއްދަތު އިތުރުކުރެވޭނީ ހުއްދައާއި ނުލައި މަސައްކަތްކޮށްފައިވާ މުއްދަތަށްވާ ޖޫރިމަނާގެ ޖުމްލަ ފައިސާ އެ އިދާރާއަށް ދެއްކުމުން ކަމަށް އެ އޮތީރިޓީން ބުންޏެވެ. 

ބިމުން ފެންނަގައި ފެން ބޭރުކުރުމުގައި، މި އޮތޯރިޓީން ތަންފީޒުކުރަމުންދާ ޤާނޫނާއި ޤަވާއިދާ ޚިލާފަށް އަމަލުކުރަމުންދާ ފަރާތްތަކާއި އެކަމަށް ވާގިވެރިވާ ފަރާތްތައް، އިމާރާތްކުރުމާއި ސިނާއީ އެހެނިހެން މަޝްރޫތަކަށް ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ ގަވާއިދުގެ ދަށުން 5000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

ޔުޓިލިޓީ ރެގިލޭޓަރީ އޮތޯރިޓީން ބުނީ ގަވާއިދުގައި ބަޔާންކުރާގޮތުން ބިމުން ފެންނަގައި ފެން ބޭރުކުރުން ކަމަށް ބެލެވޭނީ ޕަންޕެއްގެ އެހީގައި ބިމުން ފެންނެގުމަށެވެ. އެ ފެން ނަގައި އަޅަމުންދަނީ އިމާރާތްކުރާ ސަރަހައްދުގެ ތެރެއަށް ކަމުގައިވީނަމަވެސް ބެލެވޭނީ ބިމުން ފެންނަގައި ފެން ބޭރުކުރާ ކަމުގައި ޔުޓިލިޓީ ރެގިލޭޓަރީ އޮތޯރިޓީން ދެކެއެވެ.

ގާނޫނުގައިވާ ގޮތުން، އެ އޮތޯރިޓީގެ ހުއްދަނެތި ބިމުން ފެންނަގައި ފެން ބޭރުކުރުމާއި އެކަމަށް އެހީތެރިވުމަކީ މަނާކަމެކެވެ. މިގޮތުން މި އޮތޯރިޓީގެ ހުއްދަޔާނުލައި ބިމުން ފެންނަގައި ފެން ބޭރުކުރާ ފަރާތަކަށް އެކަންކުރުމަށް މަގުމަތީ ހޮޅިއެޅުމުގެ ހުއްދަޔާއި، ބިމުން ފެންނަގައި ފެން ބޭރުކުރާއިރު އެފެން ބޭރުކުރުމަށް ރަށުގެ ސަރަހައްދެއް ކަނޑައަޅައި އެތަނަކަށް ފެންބޭރުކުރުމުގެ ހުއްދަދޭ ފަރާތެއް ބެލެވޭނީ ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ މަސައްކަތައް އެހީތެރިވާ ފަރާތެއްގެ ގޮތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް