ads
ބަކީނާފަސޯގެ ވެރިޔާ ވަނީ ބަދަލުކޮށްފައި
އަސްކަރީ އޮފިސަރުންތަކެއް ބަކީނާ ފަސޯގެ ވެރިޔާ ބަދަލު ކޮށްފި
ބަކީނާ ފަސޯގެ އަސްކަރީ ލީޑަރު ލެފްޓިނެންޓް ކާނަލް ޕޯލް-ހެންރީ ޑާމިބާ މަގާމުން ދުރުކުރިކަން ގައުމީ ޓީވީގައި އެގައުމުގެ އަސްކަރީ އޮފިސަރުންތަކެއް އިއުލާނު ކޮށްފިއެވެ.

ވެރިކަން ބަދަލު ކުރިކަން އިއުލާނު ކުރައްވަމުން ކެޕްޓަން އިބްރާހިމް ޓްރައޯރޭ ވަނީ ލެފްޓިނެންޓް ކާނަލް ޑާމިބާއަށް ހަރުކަށި ގްރޫޕްތަކުން ދޭ ހަމަލަތަކާ ކުރިމަތިލާން ނުކުޅެދިފައިވާކަން ސަބަބެއްގެ ގޮތުގައި ދައްކަވާފައެވެ. 

އަދި ވަކި މުއްދަތެއް ނެތް ގޮތަށް ބޯޑަރުތައް ބަންދުކޮށް، ސިޔާސީ ހުރިހާ ހަރަކާތެއް ވެސް ހުއްޓާލިކަން ކެޕްޓަން އިބްރާހީމް ވަނީ އިއުލާން ކުރައްވާފައެވެ.

މިދިޔަ ޖެނުއަރީ މަހު ، ލެފްޓިނެންޓް ކާނަލް ޑާމިބާގެ މިލިޓަރީ ގުރޫޕުން ވެރިކަމަށް އައީވެސް އޭރު އޮތް އިންތިހާބީ ސަރުކާރުން އިސްލާމީ ގްރޫތަކުން ދޭ ހަމަލާތައް ހުއްޓުވަން މަސައްކަތް ނުކުރެވޭ ކަމަށް ބުނެ، އިންތިޚާބީ ސަރުކާރު ވައްޓާލާފައެވެ.

އެކަމަކު ހަރުކަށި ޖަމާއަތްތައް މައިތިރި ކުރަން  އޭނާގެ ސަރުކާރުން ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބު ވެފައެވެ.  ހޯމަ ދުވަހު، އާންމުން ދަތުރު ކުރަމުން ދިޔަ ވެހިކަލްތަކެއް ސަލާމަތްކުރުމުގެ ތެރޭގައި  11 ސިފައިން ވަނީ މަރުވެފައެވެ.

ހުކުރު ދުވަހު ލެފްޓިނެންޓް ކާނަލް ޑާމިބާ ވަނީ އެގައުމުގެ ވެރިރަށުގެ ބައެއް ސަރަހައްދުތަކުގައި ވަރުގަދަ ބަޑީގެ ހަމަލާތަކެއްގެ އަޑު އިވުމާގުޅިގެން އެ އެރަށުގައި ދިރިއުޅޭ ރައްޔިތުން ހަމަހިމޭންވުމަށް އެދިވަޑައިގެންފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް