ads
ބޯޓު ބަންޑުން ޖަހާލި ހިސާބު
މާލެއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ބަންޑުން ޖަހާލާ، މީހަކު ގެއްލިއްޖެ
މާލެއަށް ދަތުރުކުރަމުން ދަނިކޮށް، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބޯޓެއް އަޑިއަށް ގޮސް، ބޯޓުން ދަތުރުކުރި މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި އެވެ.
Advertisement

އެމްއެންޑީއެފް އިން ބުނީ މި ބޯޓަކީ ހުސްވި މަހުގެ 28 ވަނަ ދުވަހު އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދިޔަ ބޯޓެއް ކަމަށާއި، ބޯޓު އަޑިއަށް ދިޔައީ، މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ކަމަށެވެ. 

އެ ބޯޓް އަޑިއަށްގޮސް، އޭގެން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް ސަލާމަތް ކޮށްފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންނ ކަމަށާއި، އޭގެން ދަތުރު ކުރި އެއް ފަޅުވެރިއަކު ފެނިފައި ނުވާތީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗް ދަނީ އެ މީހާ ހޯދުމުގެ މަސައްކަތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ހާދިސާގެ ރިޕޯޓް އެމްެއެންޑީއެފް ކޯސްޓްގާޑު އެމްއާރްސީސީއަށް ލިބިފައިވަނީ މިއަދު 10:30 ހާއިރު ކަމަށާއި، މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދާ މީހާ ލައިގެން ހުރީ، ނޫކުލައިގެ ޓީޝާޓަކާއި އަދި ނޫކުލައިގެ ސޯޓްބުރިއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި، އެންމެ ފަހުން އޭނާ ފެނުނުއިރު އޭނާ އޮތީ ލައިފްޖެކެޓް ވެސް އަޅައިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. 

ގެއްލިގެން ހޯދާ މީހާއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބައްލަވައިދިނުމަކީ ވަރަށް ބޮޑު އެދޭ ކަމެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

9%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
55%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް