ads
ސީއީއޯ ޝާހިދު
އެމްޕީއެލްގެ ތެލުގެ ވައްކަން ހީކުރިވަރަށް ވުރެ ބޮޑު، 2018 އިން ފެށިގެން ވައްކަން!
އެމްޕީއެލް އަށް ތެޔޮ ހޯދުމުގައި ހިނގާފައިވާ ވައްކަން ހީކުރިވަރަށް ވުރެ ބޮޑު ކަމަށާއި، އެ ވައްކަން 2018 ވަނަ އަހަރުން ފެށިގެން ހިނގާފައި ވާކަމަށް، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެމްޕީއެލްގެ ތެލުގެ ވައްކަން 2018 ވަނަ އަހަރުން ފެށިގެން ކުރަމުން އައިކަން ފާހަގަ ކުރެވިފައި ވާކަމަށާއި، 2018 އާއި 2019 އަދި 2020 ވަނަ އަހަރު ވީ ގެއްލުން ބަލަމުން އަންނަ ކަމަށެވެ.

"ފުރަތަމަ ތަހުގީގުގައި ބެލީ 2020 ވަނަ އަހަރު އެކަނި ކިހާވަރެއްތޯ ގެއްލުންވީ. ބެލިބެލުމުން އަށް މިލިއަން ރުފިޔާގެ ގެއްލުން ވެފައި ހުރިކަން ދެއްކީ. ދެން ބެލީ އޭގެ ކުރީ އަހަރުތަކެއްގައި މި ކަންކަން ހިނގާފައި ވޭތޯ. އަޅުގަނޑުމެން ބެލި ބެލުމުން އެނގުނީ، 2018 ވަނަ އަހަރުން ފެށިގެންވެސް މިކަން ހިނގާފައި ވާކަން." ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ މި ވައްކަމުގައި ބައިވެރިވި މީހުން ހޯދުމަށް އެކުންފުނިން މަސައްކަތް ކުރިކަމަށާއި، އެގޮތުން އިންޓާނަލް އޮޑިޓަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަަށާއި ފުލުހުންނަށް ވެސް އެ މައްސަލަ އޭރު ހުށަހެޅި ކަމަށެވެ. އަދި އެ މައްސަލައިގައި ޝާމިލުވާ މުވައްޒަފުން މިހާރު ވަޒީފާ އިން ވަކިކޮށް، ފުލުހުންގެ ތަހުގީގު ވެސް ހިންގަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޝާހިދު އިތުރަށް ވިދާޅުވީ، މި މައްސަލަ އާއި ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދާ ތަހުގީގު ރިޕޯޓް ވަރަށް އަވަހަށް އާއްމުވާނެ ކަމަށާއި، އަދި މި މައްސަލަ އާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދެމުން އަންނަ ކަމަށެވެ. 

އަދި ލަސްތަކެއް ނުވެ މި މައްސަލަ ކޯޓަށް ހުށަހެޅިގެން ދާނެ ކަމަށް ބެލެވޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ޝާހިދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި ވައްކަމުގައި އުޅުނީ އެއް ބައެއް ކަމަށާއި، މިހާރު އެ މީހުން އެމްޕީއެލްގެ ވަޒީފާތަކުން ވަކިކޮށްފައި ވާކަމަށެވެ. 

އެމްޕީއެލް އަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހިންގާފައިވާ އަށް މިލިއަން ރުފިޔާގެ ވައްކަން ފަޅާއެރީ، ކޮވިޑް-19 އާ ގުޅިގެން ކުންފުނީގެ އޮޕަރޭޝަންތައް މަދުވެފައި އޮއްވައި، އާއްމު މަސްތަކަށް ވުރެ ތިން މަހުގެ ހަރަދު ބޮޑުވެފައިވާ ކަން ރިޕޯޓުން ފެންނަން އޮތުމުންނެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް