ފުލުހުން ބުނީ ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު، ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު 17:45 އެހައިކަންހާއިރުވަނީ ފެނިފައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު ފެނުނީ ހުޅުމާލޭ ސަހަރާ ކައިރީ އޮންނަ ބޯ ގަސްތަކުގެ ތެރެއިންނެވެ އޭގެ ތަފްސީލެއް ފުލުހުން އަދި ނުދެއެވެ.
އަޒުހާން ގެއްލުނުތާ މިއަދު މިއީ 14 ވަނަ ދުވަހެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ، ހުސްވި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހިޔާ ޓަވަރުގެ 13 ވަނަ ޓަވަރު ކައިރިން ކަމަށާއި، ފެނުނީ ހުދު ކުލައިގެ ކާރަކަށް އަރަނިކޮށް ކަމަށް ފުލުހުން އެންމެ ފަހުން އާއްމު ކުރި މައުލޫމާތުގައި ވަނީ ބުނެފަ އެވެ.