5 ކޮޓަރި ހިމެނޭ ލަގްޒަރީ މި ގެއަކީ 3 މިލިއަން ޕައުންޑްގެ އަގުބޮޑު ގެއެކެވެ. މިގޭގައި ޕޮގްބާ އުޅުނު އިރު ހުރި ބައެއް ސާމާނު އެގޭގައި އަދިވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ޕޮގްބާގެ ނަން ކަނޑާނަގާފައިވާ އަގުބޮޑު ޕޫލް ބޯޑެއް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
5 އަހަރުގެ ކޮންޓްރެކްޓެއްގައި ޔުނައިޓެޑަށް ބަދަލުވި އެންޓޮނީ މިހާރު ދިރިއުޅޭ މި އަގުބޮޑު ގަނޑުވަރެއް ކަހަލަ ގޭގައި ސިންތެޓިކް ގްރާސް ކުޑަ ފުޓްބޯޅަ ދަނޑަކާ ޕޫލެއްގެ އިތުރުން ޖިމެއްވެސް ހުރެއެވެ. އެންޓޮނީ ބުނި ގޮތުގައި މިއީ އޭނާ ފިޓްކޮށް ހުރުމަށް ބޭނުންވެދާނެ ހުރިހާ ކަމެއް ފުރިހަމަ، ހިތްގައިމު ގެއެކެވެ.
ަ