ads
ވަކީލުންތަކެއް ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ވީނިއުސް
ބާ އިމްތިހާނުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދުމުގެ ކުރިން ރާއްޖޭގައި ބާއްވާ ފުރަތަމަ ބާ ކައުންސިލުގެ އިމްތިހާނުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފި އެވެ.

ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މާދަމާ ދަންވަރު 00:00 އާއި ހަމައަށެވެ. ބާ ކައުންސިލުން ބުނީ، މި ފުރުސަތު އިތުރުކޮށްފައިވަނީ،  ބާ އިމްތިހާނުގައި ރަޖިސްޓަރީވުމަށް މީގެ ކުރިން ހުޅުވާލެވުނު ފުރުސަތުގައި މަގުބޫލު ސަބަބެއް އޮވެގެން ރަޖިސްޓަ ކުރެވިފައިނުވާ ފަރާތްތަކަށް ކަމަށެވެ.

އެއްވެސް މަޤުބޫލު ހާލަތެއް މެދުވެރިގެން މި އިމްތިހާނަށް ރަޖިސްޓަ ކުރެވިފައިނުވާނަމަ ރެޖިސްޓްރޭޝަން ލިންކު މެދުވެރިކޮށް މާދަމާ 00:00 ގެ ކުރިން ރަޖިސްޓަކުރުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. އެކައުންސިލުން ބުނީ އެއީ ރަޖިސްޓްރީކުރުމަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތު ކަމަށެވެ.

އެ އިމްތިހާނުގެ ރަޖިސްޓްރޭޝަން ފުރިހަމަ ވާނީ، އިމްތިހާނުގެ ފީ ދެއްކުމުން ނެވެ. ފީ ދެއްކުމުގެ އިރުޝާދު ލިބިފައިވާ ފަރާތްތަކުން، މިމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ބާ އިމްތިޙާނުގެ ފީ ދައްކަން ޖެހޭނެ އެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ބާ ކައުންސިލުގެ އިމްތިހާނު ބާއްވަން ނިންމާފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އެ އިމްތިހާނު ފީ އަކީ، 6،500 ރުފިޔާ އެވެ. 

ވަކީލު ކަމުގެ ހުއްދަ ހޯދުމަށް ބާ އިމްތިހާނު ފުރިހަމަކުރާ ގޮތަށް ހަމަޖެއްސީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން އިމްތިހާނު ބޭއްވުމަށް ހުރަސްތަކެއް ކުރިމަތިވެ އިމްތިހާން ލަސްވަމުން ދާތީ، ގާނޫނު އިސްލާހުކޮށް ނިންމީ ބާ ކައުންސިލުން ކުރިއަށް ގެންދާ ވަކި ތަމްރީނެއް ފުރިހަމަ ކުރުމަށް ފަހު ހުއްދަ ދިނުމަށެވެ. 

އެގޮތުން މިދިޔަ އަހަރު، އެ ތަމްރީން ފުރިހަމަ ކުރި 283 ވަކީލުންނަށް ވަނީ ވަގުތީ ލައިސަންސެއް ދޫކޮށްފައެވެ. ނަމަވެސް ގާނޫނުގައިވާ ގޮތުން އެ ދަރިވަރުން ވެސް މިފަހަރު އިމްތިހާނުގައި އިށީންނަން ޖެހޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް