ޑެންގޫ ހުން ޖެހި، ހާލު ސީރިއަސްވެގެން އައިޖީއެމްއެޗް އަށް ގެނައި ކުއްޖަކު މިއަދު ހެނދުނު ނިޔާވެފައިވާ ކަން އެ ހޮސްޕިޓަލުން ”ސީއެންއެމް“ އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އައިޖީއެމްއެޗުން ބުނީ، އެކުއްޖާ ނިޔާވީ، އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ކަމަށެވެ. އެ ކުއްޖާ އައިޖީއެމްއެޗަށް ގެނެސްފައިވަނީ، ލޭ އަންނާތީ އެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެފައިވާގޮތުން، މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެޑްމިޓުކުރި ތިން ކުޑަކުއްޖަކުވެސް އެޑިމިޓުކޮށްފައިވަނީ ޑެންގޫ ޖެހިގެން ނެވެ.
އޭގެތެރެއިންްއެއް ކުއްޖަކު އައީ ޑެންގޫހުންޖެހި، ހުންމަޑުވެ ދެވަނަ ވަނަދުވަހު ހޮޑުލީއިރު ލެޔާއިއެކު ހޮޑުލުވިގެން ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.
ޑރ. ފައިސަލް މިއަދު އޭނާގެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވެސް ވަނީ ޑެންގޫހުން ޖެހުމުން ސަމާލުކަން ދޭންވީ ކަންކަން ފާހަގަކޮށްފައެވެ.
އެގޮތުން ސަމާލުކަން ދޭންވީ ކަންކަން
ޑެންގޫހުމުގެ އަލާމާތްތައް