ads
ގެއްލިގެން ހޯދަމުންދާ ޒުވާނާ
މަރުވެފައި އޮއްވާ ފެނުނު އަޒްހާންގެ ފޯނު ފެނިއްޖެ
ގެއްލިގެން އުޅޭތާ 2 ހަފްތާ ފަހުން މަރުވެފައި އޮއްވާ ފެނުނު އަޒްހާންގެ ފޯނު ފެނިއްޖެއެވެ.
Advertisement

އަޒްހާންގެ ފޯނު ފެނިފައިވާ ކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް، އަޒްހާންވަނީ މަރާލާފައި ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް އަދި މިހާތަނަށް ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އަޒްހާންގެ ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް ފޯނު ފެނުނީ ކޮންތާކުން ކަމެއް ފުލުހުން ނުބުނެއެވެ. 

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަޒްހާން ގެންގުޅޭ ފޯނު ނަންބަރު އެންމެ ފަހުން ފޯނުގެ ސިގްނަލް ލިބިފައިވަނީ ހުޅުމާލެ / ފޭސް ދޭއްގައި ހުންނަ ސެލް ޓަވަރަކަށްކަން އެނގިފައިވާ ކަމަަށަ ސެޕްޓެމްބަރު 20 ވަނަ ދުވަހުވެސް އޭނާގެ ހަބަރެއް ވެފައި ނުވާތީ އާއިލާގެ އިޒުނައާއެކު އަޒްހާން ހޯދުމަށް އެދުވަހުގެ ރޭގެ ވަގުތެއްގައި އިއުލާނު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި އަޒްހާނާ އެންމެ ފަހުން ބައްދަލުވި ކަމަށް ފާހަގަކުރެވުނު މީހުންނާ ސުވާލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ބައެއް ކަމެއް ފުލުހުން ނުބުނެއެވެ. 

އެމީހުން ފޯރުކޮށްދިން މައުލޫމާތު ފުލުހުންގެ ސީސީޓީވީ ފުޓޭޖްތަކާއި އަމިއްލަ މީހުންގެ ސީސީޓީވީ ފުޓޭޖްތަކުގެ އެހީގަ އަދިވެސް އެހެނިހެން ގޮތްގޮތުން ކަށަވަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން އަޒްހާން މާލެއަށް ގޮސްފައިވޭތޯ ބެލުމުގެ ގޮތުން މާލޭގެ ސީސީޓީވީ ފުޓޭޖްތައް
ބެލުމުގެ އިތުރުން ފުރައިގެން އެއްވެސް ދިމާއަކަށް ގޮސްފައިވޭތޯ ބެލުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޓެކްސީއެއްގައި ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ގެސްޓް ހައުސްއަކަށް ގޮސްފައިވާކަން ތަހުގީގުގަށް އެނގިފައިވާ ކަމަަށާ އަޒްހާން ދިޔަ ގެސްޓް ހައުސް އާއި އެ ސަރަހައްދުގައި ލިބެންހުރި ސީސީޓީވީ ފުޓޭޖްތައް ނަގައި އެނަލައިޒް ކުރުމުގެ އިތުރުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަވައްޓެރި ފުލުހުންގެ އެހީތެރިކަމާއެކު ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެއީ ކޮން ގެސްޓް ހައުސްއެއް ކަމެއް ފުލުހުން ނުބުނެއެވެ. 

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ސެޕްޓެމްބަރު 26 ވަނަ ދުވަހު ހުޅުމާލެ ނިރޮޅުމަގުގައި ހުންނަ ސްކޭޓް ޕާކު ސަރަހައްދާއި ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައި އޮތް ސަރަހައްދު ބަލައި ފާސްކޮށްފައިވާއިރު ސެޕްޓެމްބަރ 30 ވަނަ ދުވަހު ފުލުހުންނަށް ލިބުނު އިތުރު ސީސީޓީވީ ފުޓޭޖްތަކެއްގެ އެހީގައި ލިބުނު މައުލޫމާތުތަކުން ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ހެނދުނު ސްކޭޓް ޕާކާ ދިމާ އަތިރި މައްޗަށް އަޒްހާން ފައިބާ މަންޒަރާއި އެއަށްފަހު އަތިރިމަތިން އެއްގަމަށް އަރައިގެން އައިސް ސްކޭޓް ޕާކާ ދިމާއިން ނިރޮޅުމަގަށް ނުކުންނަކަން އެނގިފައިވާ ކަމަށެވެ.

22%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
52%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް