ads
އީލޮން މަސްކް:44 ބިލިޔަން ޑޮލަރަށް ޓުވިޓާ ގަންނަން ހުރީ ތައްޔާރަށް
44 ބިލިޔަން ޑޮލަރަށް ޓުވިޓަ ގަންނަން އީލޮން މަސްކް ތައްޔާރުވެއްޖެ
ބިލިއަނަރު އީލޮން މަސްކް، 44 ބިލިއަން ޑޮލަރަށް މަޝްހޫރު ސޯޝަލްމީޑިޔާ ޓުވިޓަ ގަންނަން ނިންމައިފިއެވެ.

މި ހުށަހެޅުމުގެ ސަބަބުން ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަށް އެންމެ ނުފޫޒުގަދަ އެއް މީޑިއާ ޕްލެޓްފޯމް ވެރިކަން ލިބޭނެއެވެ.  އަދި އެތައް މަސްތަކެއް ވަންދެން ނުހުއްޓި ކުރިއަށްދިޔަ ނޭދެވޭ އަމަލު ތަކުގެ ސަބަބުން ޓުވިޓަ އަށް ލިބުނު ގެއްލުންތައް ހުއްޓި މަސްކް ދިފާއުކުރާނެއެވެ. 

އިލެކްޓްރިކް ކާރު އުފައްދާ ޓެސްލާ ކުންފުނީގެ ޗީފް އެގްޒެކެޓިވް މަސްކް،  އެންމެ ފުރަތަމަ ޓުވިޓަ ގަންނަން މަސައްކަތް ކުރީ އޭޕްރީލް މަހުއެވެ. ނަމަވެސް އެމައްސަލަ ފަހުން ވަނީ ވަރަށް ހޫނުވެފައެވެ. 

މި ޚަބަރު ފެތުރިފައި މިވަނީ  އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު އެމެރިކާގެ ކޯޓެއްގައި  މަސްކް އާއި ޓްވިޓަރއާއި ދެމެދު ވަރަށް ވަރުދަގަ ކުރިމަތި ލުމެއް ހިނގާނެކަމަށް ބެލެވެމުން ދަނިކޮށެވެ. އެހެްނނަމަވެސް މިހާރު ކޯޓްގައި ޓުވިޓާއިން ދަނީ 44 ބިލިއަން ޑޮލަރަށް މި ޑީލް ބަންދުކުރުމަށް މުސްކްއަށް އެންގުމުގެ އަމުރެއް ހޯދުމަށް ތައްޔާރު ވަމުންނެވެ. 

މަސްކް ހޯމަ ދުވަހު ޓްވިޓާއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޑެލަވެއާގެ ފަނޑިޔާރު ޝަރީއަތް މަޑުޖައްސާލައިފިނަމަ އަސްލު ޝަރުތުތަކާ އެއްގޮތަށް ޑީލް ކުރިއަށް ގެންދަން ގަސްތުކުރާ ކަމަށެވެ. ޓްވިޓާގެ ޓީމާ ބެހޭ މައުލޫމާތު އެނގޭ ފަރާތަކުން ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދީފައިވާގޮތުން އަންގާރަ ދުވަހުގެ ހެނދުނު ބޭއްވި ކޯޓު އަޑުއެހުމެއްގައި ފަނޑިޔާރު ވަނީ ހަވީރު ގެ ވަގުތެއްގައި ދެ ފަރާތުން ރިޕޯޓު ކުރުމަށް އެދިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް