ads
އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ---ފޮޓޯ: ސަން
މުދައްރިސުން ދެއްކި ނަމޫނާނޫން އެހެން އުޅުމެއް ދަރިވަރުންގެ ފުށުން ނުފެންނާނެ: މިނިސްޓަރު
ދަރިވަރުންގެ ގައިގާ އަށަގަންނުވަން ބޭނުންވާ ރިވެތި ސިފަތަކުން މުދައްރިސުން ނަމޫނާ ދެއްކެވުމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެދިވަޑައިގެންފި އެވެ.

މިއަދު ފާހަގަކުރަމުންދާ ޓީޗަރުންގެ ދުވަހާއި ގުޅިގެން މިނިސްޓަރު ދެއްވި ހިތޯބުގައި ވިދާޅުވެފައިވަނީ، މުދައްރިސު ކަމަކީ އޭގެ ހެޔޮ އަސަރު އެތައް ޒަމާންތަކަކަށް ދެމިގެންދާ ގަދަރުވެރި މަސައްކަތެއް ކަމަށާއި، ބައެއް ފަރާތްތަކުން ކުރިއަރައި ދިޔަ ސަބަބަކީ އެމީހުންނާއި ދިމާވި މުދައްރިސުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ހަލުވި ދުވެއްޔެއްގައި ތަރައްގީވަމުންދާ ދުނިޔެއަށް ހޭލުންތެރިވެފައިވާ ދަރިވަރުން ބިނާކުރުމަށް ކިޔަވައިދިނުމުގެ ވައްޓަަފާޅި ބަދަލުކުރަންޖެހިފައިވާ ކަމަށެވެ.

”އިހުގައި ޗޯކާއި ބޯޑުން ފުދުނުކަމުގައި ވިޔަސް، އަދުގެ ދަރިވަރުންނަށް ބޭނުންވަނީ ފަންނުވެރިކަމާއި، ޓެކްނޮލަޖީއާއި، އުފެއްދުންތެރިކަން. އިހުގައި ކިލާހުގެ ހަތަރު ފާރު އެތެރެއިން ފިލާވަޅު ނަގައިދެވުނު ކަމަށް ވިޔަސް އަދުގެ ދަރިވަރުން އުޅެން ދިމާވެފައިވަނީ ޓެކްނޮލަޖީގެ ވެއްޓެއްގައި “ މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ދަރިވަރުން އުގެނޭ ތަކެތި ބިނާވަނީ ހަމައެކަނި ފިލާވަޅުތަކުން ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ސްކޫލާއި، ދަރިވަރުންނާއި، މުޖުތަމައުއާއިއެކު މުދައްރިސުން އުފައްދާ ގުޅުންތަކުންވެސް ދަރިވަރުން ނަމޫނާ ނަގާނެ ކަމަށެވެ.

ދަރިވަރުންގެ ދިރިއުޅުމުގައި އެންމެ ނުފޫޒުފޯރުވާ އުމުރުގައި ބައްދަލުވާ މުދައްރިސުންނަކީ އެކުދިންގެ އުޅުމާއި، ގުޅުންތައް ބައްޓަން ކުރާ ބައެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް