ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ފޮޓޯ---ރައީސް އޮފީސް
ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވާން ޖެހޭ
ޒަމާނީ ޓެކްނޯލޮޖީއަށާއި ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތަކަށް، މުދައްރިސުން އަހުލުވެރިވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވަނީ، ޒަމާނާއިއެކު ތައުލީމީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. މިގޮތުން ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާ ބަދަލުވަމުން ކުރިއަރަމުން އަންނަނީ ހީވެސް ނުކުރާހާ ހަލުވިމިނެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ތައުލީމީ ދާއިރާގެ އަމާޒަކަށް ހަދަންވީ، ކުރިމަތިލާން ޖެހިފައިވާ ބޮޑު ބަދަލާ އެއްހަމައެއްގައި ގައުމު ތަރައްގީކޮށް ކުރިއެރުވޭ ވަރުގެ ތައުލީމީ ދަރިންތަކެއް އުފެއްދުން ކަމަށެވެ.

އިންސާނީ މުޖްތަމައަށް އަންނަ ކޮންމެ ރަނގަޅު ބަދަލަކާއި ނުރަނގަޅު ކޮންމެ ބަދަލެއް ވެސް، ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެންމެ ބޮޑަށް ގުޅިފައި އޮންނަނީ، އެ މުޖްތަމައެއްގެ ތައުލީމީ ދާއިރާއާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޖްތަމައު އިސްލާހުކޮށް ރަނގަޅުކުރުމަށް އެދޭ ކޮންމެ ބަޔަކުވެސް، އެ މަސައްކަތް ފަށަނީ ތައުލީމީ ދާއިރާއިން ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މުޖްތަމައަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އެންމެ މުހިންމު ދައުރު އަދާކުރަނީވެސް ތައުލީމީ ދާއިރާއިން ކަމަށެވެ.

 މުދައްރިސުންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހިތާބުގައި ވަނީ، ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުދައްރިސުންނަށް ދުވަހުގެ ހެޔޮ އެދުންތަކާއި ތަޙްނިޔާ ފޮނުއްވާފައެވެ. އަދި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް