ads
އެމްޕީއެލް
އެފްއެސްއެމް އާއި އެމްޕީއެލުގެ ތެލުގެ ވައްކަމުގެ ތަފްސީލު އޮޑިޓް ރިޕޯޓުގައި
އެމްޕީއެލުން ތެޔޮ ހޯދުމުގައި ހިނގާފައިވާ 2018 ވަނަ އަހަރުން ފެށިގެން ހިންގާފައިވާ ހިޔާނާތުގެ ތަފްސީލް، އޮޑިޓަ ޖެނެރަލް އާއްމު ކުރައްވައިފިއެވެ.

މީގެ އިރުކޮޅެއް ކުރިން އޮޑިޓަ ޖެނެރަލް އާއްމު ކުރެއްވި "އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓު"ގައި 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް ހިންގާފައިވާ ހިޔާނާތްތައް ތަފްސީލްކޮށް ކިޔައިދެއްވާފައިވެއެވެ. 

އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެމްޕީއެލްގެ ހިޔާނާތުގެ ތެރެއިން 28 މިލިއަން ރުފިޔާވަނީ ގެއްލިފައެވެ. 

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން އެމްޕީއެލްގެ އެމްޑީ ޝާހިދުއަލީވަނީ މި ހަފްތާގައި ވާަހަކަ ދައްކަވާފައެވެ. 

އެމްޕީއެލް އަށް ތެޔޮ ހޯދުމުގައި ހިނގާފައިވާ ވައްކަން ހީކުރިވަރަށް ވުރެ ބޮޑު ކަމަށާއި، އެ ވައްކަން 2018 ވަނަ އަހަރުން ފެށިގެން ހިނގާފައި ވާކަމަށް، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީވަނީ ވިދާޅުވެފައެވެ. 

އެމްޕީއެލް އަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހިންގާފައިވާ އަށް މިލިއަން ރުފިޔާގެ ވައްކަން ފަޅާއެރީ، ކޮވިޑް-19 އާ ގުޅިގެން ކުންފުނީގެ އޮޕަރޭޝަންތައް މަދުވެފައި އޮއްވައި، އާއްމު މަސްތަކަށް ވުރެ ތިން މަހުގެ ހަރަދު ބޮޑުވެފައިވާ ކަން ރިޕޯޓުން ފެންނަން އޮތުމުންނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް