އުމުރުން 33 އަހަރުގެ އައްސުލްމީ ބުނީ ހިނގާލާފައި ދާން ޖެހުނަސް ގަތަރަށް ދާނެ ކަމަށެވެ.
މިކަން ފަށައިގަތްއިރު އައްސުލްމީގެ ބައެއް ގާތްތިމާގެ މީހުން އެއީ މޮޔަކަމެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، އެކަން ވެގެންދިޔައީ އޭނާގެ ހިތްވަރުގަދަކަން ދައްކައިދިން ކަމެއްގެ ގޮތުގައެވެ. އޭނާގެ އުފަން ރަށް ޖިއްދާއިން ގަތަރުގެ ވެރިރަށް ދޯހާއަށް ދިއުމަށް ދެ މަސްދުވަސް ހޭދަވާނެއެވެ. އެ ދެމެދުގެ ދުރު މިނަކީ 1،600 ކިލޯމީޓަރު (1،000 މޭލު)އެވެ.
އައްސުލްމީ ބުނީ އޭނާގެ ސްނެޕްޗެޓްގެ އެތައް ހާސް ފޮލޯވަރުންނަށް އަމާނާތްތެރިކަމާއެކު އެދަތުރު ފޯރުކޮށްދޭނެ ކަމަށެވެ. މަގުސަދަކީ މެދުއިރުމަތީގެ ފުރަތަމަ ވޯލްޑް ކަޕަށް ސަރަހައްދީ ފެންވަރުގައި އޮތް ހިތްވަރާއި ޖޯޝާއި ފޯރި ދައްކުވައިދިނުން ކަމަށްވެސް އޭނާ ބުނެއެވެ.
ރިޔާދުގެ ހުޅަނގު ދެކުނުން 340 ކިލޯމީޓަރު ދުރުގައި އޮންނަ އަލް ޚަސްރާ ނަމަކަށް ކިޔާ އަވަށުގެ މަގުމަތީގައި ހުރި ރުއްތަކުގެ ކައިރީގައި އަވީގައި ހުރެ އައްސުލްމީ މިދިޔަ ހަފުތާގައި ބުނީ ވޯލްޑް ކަޕަށް ތަރުހީބުދޭން ބޭނުންވާ ކަމަށެވެ.
އާންމު ގޮތެއްގައި އޭނާ ހިނގަނީ ފަތިހުން ފެށިގެން ހެނދުނު 10 ނުވަތަ 10:30 އާ ހަމައަށެވެ. ދެން ހިނގަންފަށަނީ އިރުގެ ގަދަ ހޫނުން ސަލާމަތްވާން މަޑުކޮށްލުމަށް ފަހުއެވެ.
އޭނާގެ އަމާޒަކީ ދުވާލަކު 35 ކިލޯމީޓަރެވެ. އެ އަމާޒަށް ވާސިލުވުމަށް ރޭގަނޑު ވެސް އޭނާ ހިނގައެވެ.
ކެއުމަށް ބޭނުން ވާ ކުކުޅާއި ބަތް ގަންނަނީ ޕެޓްރޯީލް ޝެޑްތައް ކައިރިންނެވެ. އަދި އަންނައުނު ދޮންނަނީ މިސްކިތްތަކުގައެވެ.