ads
ޖޭއެސްސީ——ފޮޓޯ: ސޯޝަލް މީޑިއާ
ޖޭއެސްސީ އިސްލާހުކުރުމުގެ މަޝްވަރާގައި ޖަމިއްޔާތައް ބައިވެރިކުރަނީ
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކޮށް އިސްލާހުކުރުމަށް، އެޓާނީ ޖެނެރަލް(އޭޖީ)އޮފީހުން ފަށާފައިވާ މަޝްވަރާގައި ބައިވެރިވުމަށް މަދަނީ ޖަމްއިއްޔާތަކަށް ހުޅުވާލައިފި އެވެ.

އެ މަޝްވަރާގައި ބައިވެރިވާން ބޭނުންވާ ޖަމިއްޔާތަކުން ފޯމް މެދުވެރިކޮށް ރަޖިސްޓަރީކުރުމަށް  އޭޖީ އޮފީހުން ރޭ ވަނީ ހުޅުވާލައިފައެވެ.

ރަޖިސްޓްރީ ކުރުމުގެ ސުންގަޑި މިމަހުގެ 11 އަށް ހަމަވާނެ އެވެ. 

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން އެއީ އެމްޑީޕީގެ ސަރުކާރެއްގެ ވައުދެކެވެ.

ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖައާކޮށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނު އެކުލަވާލުމުގެ މަސައްކަތް އޭޖީ އޮފީހުން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. 

އެ މަސައްކަތުގައި ގާނޫނު އަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަނަކީ، ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރު ކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލް އަގްވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކުރާނެ ކަމަށެވެ.

ކޮމިޝަން އެކުލެވިގެންވާ ގޮތް ބަޔާން ކުރާ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި، ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ގަސްދުކުރާ ކަމަށް  އޭޖީ މީގެ ކުރިން ބުނެފައި ވެެއެވެ. 

ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަލު ކުރުމަށްޓަކައި އެ ކަމަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ދަށު ކޯޓުތަކާއި، ޖޭއެސްސީ އާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރާނެ އެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް