ads
އެންޓި ކޮރަޕްޝަން ކޮމިޝަން——
ދުވާފަރު ކައުންސިލްގެ ކޮރަޕްޝަން މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފި
ރ. ދުވާފަރު ކައުންސިލުގެ މޮނިޓަރިން ރިޕޯޓުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށްފަހު ޑިއުޓީ ޕްރޮސިކިއުޝަންގައި މަޝްވަރާކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ދުވާފަރު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ މި މުއާމަލާތްތަކާއި ގުޅިގެން ތަހުގީގަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު، މިމައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް، އުސޫލުތަކާއި ހިލާފަށް ހިންގާފައިވާކަން ފާހަގަކުރެވިފައި ވެއެވެ. 

އެ ތަހުގީގަށް މިދިޔަ އޮގަސްޓުމަހުގެ 25 އިން ސެޕްޓެމްބަރު އަށް ވަނަ ދުވަހާއި ހަމައަށް އޭސީސީގެ ހާއްސަ ޓީމަކުން ވަނީ ދުވާފަރުގައި ހަރަކާތެރިވެފަ އެވެ. އަދި 30 ސެޕްޓެމްބަރުގައި އެ މައްސަލައިގެ ތަހުގީގުވަނީ ނިންމާފައެވެ.

އޭސީސީން މިއަދު ބުނީ، އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ މަޝްވަރާއަށް ފޮނުވާފައިވާކަމަށާއި، އެކަމާގުޅިގެން ދައުވާކުރެވޭނެ މީހުންގެ މައުލޫމާތު ހިމެނޭހެން އިތުރު ތަފްސީލު އެއޮފީހުން ހާމަކުރަމުން ގެންދާނެކަމަށެވެ.

ދުވާފަރު ކައުންސިލުގެ އިދާރީ ހިންގުމާއި، ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވައްކަމާއި ކޮރަޕްޝަން ހިންގާކަމަށް ގިނަ ފަރާތްތަކުގެ ފަރާތުން ޝަކުވާތައް އަންނަން ފެށުމުން އެލްޖީއޭއިން މިއަހަރުގެ ޖުުލައި މަސްތެރޭ އާއްމުކޮށްފައިވާ ރިޕޯޓުގައި ވާގޮތުން، އެއްވެސް ވަރަކަށް ލިޔެކިޔުމެެއް ނަހަދާ ދެ މިލިއަނެއްހާ ރުފިޔާ ކައުންސިލްގެ މުވައްޒަފުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން ޑަބްލިއުޑީސީގެ މެމްބަރުންނަށް ބަހާފައި ވެއެވެ. 

އެގޮތުން އެ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، މުހައްމަދު އަލިފުޅަށް އެކަށީގެންވާ ލިޔެކިޔުންތައް ނެތި 711،617 ރުފިޔާ ދީފައި ވާކަން  އެ ރިޕޯޓުގައި ފާހަގަ ކޮށްފަ އެވެ. އަދި މުދަލު ޒަކާތުގެ ގޮތުގައި ބެހުމަށް އެރަށަށް ލިބުނު 318،600 ރުފިޔާ ވެސް އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަމާކޮށްފައި ވާކަން އެލްޖީއޭގެ ރިޕޯޓުން ވަނީ ފާހަގަ ކޮށްފަ އެވެ. މީގެއިތުރުން މުދަލު ޒަކާތް ލިބެންވާ ފަރާތްތަކަށް އެފައިސާ ލިބުނު ކަމުގެ ލިޔުންތައް ފެންނަން ނެތް ކަމަށްވެސް ވަނީ ފާހަގަ ކޮށްފަ އެވެ. 

އެމައްސަލަ ތަހުގީގުކޮށްދިނުމަށް އޭސީސީއަށް ހުށަހަޅާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް