ނޭޝަނަލް އާރޓް ގެލަރީގައި މިއަދު ހެނދުނު އޮތް ޕައިޕާއާ ބައްދަލުކުރުމުގެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނެވެ. ޕައިޕާގެ ވާހަކަ ކިޔާދިނުމަށް އޭނާ ގެންދިޔް ޕްރެޒެންޓޭޝަނާ އަދި ފަހުން އޮތް ސުވާލު ކުރުމުގެ ބައިގައިވެސް ގިނަ ކުދިންތަކެއްގެ ޝައުގު ފެނިގެންދިޔައިރު އެންމެ ބޮޑު ތަރުހީބެއް ލިބުނީ އެ ހަރަކާތުގެ ފަހު އައިޓަމަކަށް އޮތް ޕައިޕާއާ އެކު ފޮޓޯ ނެގުމާއި އޮޓޯގްރާފްގެ ބަޔަށެވެ. ޕައިޕާއާއެކު ފޮޓޯ ނަގަން އޮތް ކުދިންނާއެކު މުޅި އާޓްގެލެރީ އޮތީ ފުރިފައެވެ.
އޭނާ ވަނީ ޖައްވީ ކަންކަމުގެ ތެރެއަށް ވަދެވުނު ގޮތާއި އެސްޓްރޮނޯޓެއްގެ ގޮތުގައި ކޮށްފައިވާ މަސައްކަތްތަކާއި، ކުރިމަތިލާފައިވާ ދަތިތަކާއި ގުޅޭގޮތުން ހަރަކާތުގެ ބައިވެރިންނަށް މައުލޫމާތުދީފައެވެ.