މީގެ ހަފްތާއެއް ކުރިން ހުޅުމާލޭ ސަހަރާ ކައިރިން ފެނުނު ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައިވަނީ އަވައްޓެރި އިންޑިޔާއަށް މިއަދުއެވެ.
ފެނުނުތާ ހަފްތާއެއް ފަހުން ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވާފައިވާއިރު، ހަށިގަނޑު ފެނިފައިވަނީ އަޒްހާން ގެއްލިގެން ހޯދަމުންދާތާ 2 ހަފްތާ ފަހުންނެވެ. އަޒްހާން ގެއްލުނު ހިސާބުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ގެންގޮސްފައިވާ ގޮތާމެދު ގިނަ ބަޔަކުވަނީ ސުވާލު އުފައްދާފައެވެ. އަދި އެކަން މަޖިލީހަށްވެސް ހުށަހަޅާފައިވެއެވެ.
ޕޯސްޓްމޯޓަމް ނުވަތަ އޮޓޮޕްސީއަކީ މަރުވުމަށް ފަހު މަރުވި ސަބަބު އޮޅުން ފިލުވުމަށް ކުރާ ކަމެކެވެ. މީގެ އިތުރުން މަރުވި ކަމަށް ލަފާ ކުރެވޭ ވަގުތުވެސް ޕޯސްޓްމޯޓަމުން ދެނެގަނެވޭނެއެވެ.