ads
ނައިބު ރައީސް ދުވާފަރުގައި
ނައިބު ރައީސް ދުވާފަރަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ރ. ދުވާފަރު ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ މުހިންމު މަޝްރޫ ތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
Advertisement

މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމުގެ ތެރޭގައި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތަކާއި ހާއްސަކޮށް އިންސާނީ ވަސީލަތުގެ ދަތިކަންކަން ހިމެނޭކަން ފާހަގަކުރައްވާފައެވެ. 

މީގެ އިތުރުން އައިސް ލިބުންފަދަ މަސްވެރިންނަށް ކުރިމަތިވާ އެކިދަތިތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ބޭންކެއްގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމެޓީން ވަނީ ޖަމާއަތްތެރިން ތަމްރީނުކުރުމަށް ކޯހެއް ހިންގުމަށް ބޭނުންވާކަން ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާ ސަރުކާރެއްކަމާއި އެގޮތުން ރައްޔިތުންގެ ކަންކަން ސަރުކާރުން ނިންމަވަމުންގެންދަވާނީ ރައްޔިތުން ބޭނުންވާ ގޮތްތައް ބައްލަވައިގެން ރައްޔިތުންގެ ހިޔާލާއެކުގައި ކަމަށެވެ. މީގެ އިތުރުން ރަށްރަށުގެ ތަރައްގީއަށް ހިންގާ އެންމެބޮޑެތި މަޝްރޫ ތަކުން ފެށިގެން އެންމެ ކުދި ކަންކަންވެސް ދޫނުކޮށް ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ދުވާފަރުގެ މުއައްސަސާތަކުގެ އިސްވެރިންނާވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. 

މިބައްދަލުކުރެއްވުމުގައި މުއައްސަސާތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އައުޓްޑޯ ލައިބްރަރީއެއްގެ މުހިންމުކަމާއި ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމެއް ކުރިޔަށްގެންދިއުމުގެ މުހިންމުކަމާއި ފެމެލީ އެންޑް ޗިންޑްރަން ސަރވިސް ސެންޓަރަށް ބޭނުންވާ މުވައްޒަފުން ލިބުމުގައި ކުރިމަތިވާ ދަތިތަކާއި ބަޖެޓުގެ ދަތިކަމާއި ފުލުހުންގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށްގެންދިއުމަށް ބޭނުންވާ މުވައްޒަފުންނާ ވަސީލަތްތަކުގެ ދަތިކަމާއި އަދި މި ނޫންވެސް މުއައްސަސާތަކުގެ ކުރިއެރުމާއި ތަރައްގީއަށް ބޭނުންވާކަންކަން ހިމެނެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ދުވާފަރު ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ސިއްހީ މަރުކަޒުގެ ހާލަތު ބައްލަވާލެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް