
ފިހާރަ ހުޅުވައިދެއްވުމަށް ފަހު މާލޭ މޭޔަރު
މާލޭ ސިޓީ ކައުންސިލުން ފިހާރައެއް ހުޅުވައިފި
އަހުމަދު ހަސަން
08 އޮކްޓޯބަރ 2022 - 23:30:35
މާލޭ ސިޓީ ކައުންސިލުން ހެންވޭރުކޮޅުގައި ފިހާރައެއް ހުޅުވައިފިއެވެ.
މިއީ މާލޭގައި އެއް ލައްކަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން، ގަހާއި ގަސް ކާނާ ވިއްކާ ފިހާރައެކެވެ.
"މާލެ ފެހި" ފިހާރަ ހުޅުއްވައި ދެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެ ފިހާރަ ހުޅުވައިދެއްވުމަށް ފަހު މޭޔަރު ވިދާޅުވީ، އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމަކީ ދެމެހެއްޓެނިވި އަދި ވަށައިޖެހޭ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމެއް ކަމަށެވެ.
ސިޓީ ކައުންސިލްގެ މި ފިހާރަ ހުޅުވިއިރު 25 ބާވަތެއްގެ ގަހާއި ގަސް ހެއްދުމަށް ބޭނުންވާ އެކި ސާމާނު ވިއްކަން އެބަހުރިކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
60%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް