އެގައުމުގެ ރައީސް އޮފީހުން ބުނީ މެޑިސިން ކޮންޓްރޯލް އޭޖެންސީތަކުގެ އިސްވެރިންނާއި ބޭސް އެތެރެކުރާ ފަރާތްތަކާ މިހާރު ސުވާލު ކުރަމުން ގެންދާ ކަމަށެވެ.
ރައީސް އެޑަމާ ބެރޯ ވިދާޅުވީ، ތަހްގީގުގައި "ފުރޮޅާނުލާ އެއްވެސް ގަލެއް ނުބާއްވާނެ" ކަމަށެވެ.
ކަން ހިނގި ގޮތާ މެދު ރުޅިގަދަވެފައި ތިބި ގެމްބިއާ މީހުން ދަނީ ޒިންމާ އަޅުވާނީ ކޮންބައެއްގެ ބޮލުގައިތޯ ސުވާލ؛ު އުފައްދަމުންނެވެ.
ބުދަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މި ހަތަރު ސިރަޕާ ގުޅޭ ގޮތުން މުޅި ދުނިޔެ ސަމާލު ކަމަށް ގެނެސްފައެވެ.
ސިރަޕްތައް ދިނުމުގެ ސަބަބުން ކުޑަކަމުދިއުން ހުއްޓިފައިވާކަމަށާއި، އެކަމުގެ ސަބަބުން އެކުދިން ސަލާމަތް ކުރުމުގެ އަލިމަގެއް ނުފެނުނު ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.
އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ މެއިޑަން ފާމަސޫޓިކަލްސް އިން އުފައްދާފައިވާ ޕްރޮމެތަޒިން އޯރަލް ސޮލިއުޝަން، ކޮފެކްސްމަލިން ބޭބީ ކޯފް ސިރަޕް، މަކޮފް ބޭބީ ކޯފް ސިރަޕް އަދި މެގްރިޕް އެން ކޯލްޑް ސިރަޕްގެ ރައްކާތެރިކަމާ ގުޅޭ ގެރެންޓީތައް ދިނުމުގައި އިންޑިޔާގެ ކުންފުނި ވަނީ ފެއިލް ވެފައެވެ.