ads
3 ބާރުގެ ވެރިން
ޝަރުއީ ދާއިރާއަށް ފްލެޓް ދެނީ
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫތަކުގެ ދަށުން ދޫކުރާ ބިން ނުވަތަ ފްލެޓްގެ ތެރެއިން ޝަރުއީ ދާއިރާއަށް ވަކި އަދަދެއް ހާއްސަކުރަން ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ޝަރުރީ ދާއިރާއަށް ފްލެޓް ހާއްސަކުރަން ހިމަނާފައިވަނީ އެ ބިލުގެ 42 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައެވެ. މި އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅީ، ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމްއެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ބުނެފައިވަނީ ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖައްސަންވާނެ ކަމުގައެވެ.

ޝަރުއީ ދާއިރާއަށް ވަކި އަދަދަކަށް ފްލެޓް ހާއްސަކުރަން މި ބިލުގައި ހިމަނާފައިވީނަމަވެސް މި ބިލާމެދު ފަނޑިޔަރުންގެ ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. މި ބިލުގެ ބަހުސް މިއަދު ރައްޔިތުންގެ މަޖިލީހުގައި ފެށުމަށްވަނީ ތާވަލުކޮށްފައެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް