ads
މަސައްކަތުގެ މާހަލުގައި ވަރިބަލިވުން
މަސައްކަތް ކުރާނެ ހިތްވަރެއް ނެތް؟
މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތު އެކިއެކި ދަތިތަކާ ހުރަސްތައް ހުރެއެވެ.

މިގޮތުން ދިމާވާ އެއް މައްސަލައަކީ މަސައްކަތް ކުރާނެ ހިތްވަރު ނެތުމާ، ހަށިގަނޑުގައި މަސައްކަތް ކުރާނެ ހަކަތަ ނެތުމެވެ. 

އަބަދުވެސް މަސައްކަތައް ނުކުންނަ އިރު މިގޮތައް ވަރުބަލިވެ، ފޫހިވެ، ނިދިއައުން ފަދަ މައްސަލަތައް ދިމާވާނަމަ އެއީ ކޮންމެވެސް މިންވަރަކަށް ވިސްނާލައި ހައްލުކުރަން ޖެހޭ މައްސަލައެކެވެ. ސަބަބަކީ މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ މިންވަރަށް ހަރަކާތްތެރި ނުނެވިއްޖެނަމަ ވަޒީފާ ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މި މައްސަަލައަށް ކިޔަނީ "ވާކް ފެޓީގް" އެވެ. 

މަސައްކަތާ ޒާތީ ދިރިއުޅުމާ ވަކިކުރުން:

މަސައްކަތާ ޒާތީ ދިރިއުޅުމާ ވަކިކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ތިބާ ކިތަންމެ މަސައްކަތް ކުރާ ހިތްވި ނަމަވެސް ހަށިގަނޑާ ސިކުނޑިއަށް ދޭންޖެހޭ ރެސްޓު ނިލިބޭނަމަ އެތަކި އަލުން އަނބުރާ އޭގެ ކެޕޭސިޓީއަކަށް ނުދާނެއެވެ. މިހެންކަމުން މަސައްކަތުގެ ވަގުތު ނިމުމުން އަމިއްލަ ދިިރިއުޅުމައް ފޯކަސް ކުރުން މުހިންމެވެ. އޮފީސް ނޫން ވަގުތުތަކުގައި އޮފީސް އީމެއިލް ބެލުން ބުއްދިވެރިއެއ ނޫނެވެ. 

މަސައްކަތް ކުރުމުގައި ވިސްނަންވީ އާދަޔާ ހިލާފަށް ގިނައިން މަސައްކަތް ކުރުމެއް ނޫނެވެ. ރަނގަޅަށް ވަގުތާއި ޓާސްކުތައް ބަހާލައިގެން ވިސްނުންތެރިކަމާއެކު ކުރާ މަސައްކަތުގެ ނަތީޖާ މާ ފޮނިވާނެއެވެ. 

މަސައްކަތްކޮށް ނިމިގެން އެކަން ފާހަގަކުރަން އާންމުކޮށް ކަމެއް ކުރަން ވެސް ފެށިދާނެއެވެ. މިސާލަކަށް މަސައްކަތް ކޮށްނިމިގެން ހިނގާލަން ދިއުން ފަދަ ކަމެއް ކުރެވިދާނެއެވެ. އޭރުން ހަށިގަނޑާ ސިކުނޑިއަށް މަސައްކަތް ނިމިއްޖެކަމުގެ މެސެޖު ފޯރުކޮށްދޭނެއެވެ. 

ރަނގަޅު ސިއްހަތެއްގައި ހުރުން: 

ކޮންމެ މަސައްކަތެއް ކުރާއިރު ވެސް ރަނގަޅު ސިއްހަތެއްގައި ހުރުމަކީ މުހިންމުކަމެކެވެ. މިގޮތުން ތާާޒާ ކާބޯތަކެތި ބޭނުންކުރުން ވެސް މުހިންމެވެ. އަދި ނިދި ހަމަކުރުމާ އެކު އެކަށީގެންވާ މިންވަރަށް ދިޔާތަކެތި ވެސް ބޭނުން ކުރުނަންޖެހޭނެއެވެ. އެކަށީގެންވާ މިންވަރަށް ނުނިދުމަކީ ވެސް ހަށިގަނޑުން ފެން މަދުކޮށްލައި ޑީހައިޑްރޭޓް ކޮށްލާކަމެކެވެ. ފެނަކީ ހަށިގަނޑު އެތަން މިތަނަށް ވިޓަމިނާ މިނަރަލްސް ފަދަ ތަކެތި ގެންގޮސްދޭން އެހީތެރިވެދޭ މާއްދާއެކެވެ. 

ފެންބޯން ހަނދާން ނެތޭނަމަ، ފެން ބޯން ހަނދާންކޮށްދޭ އެޕްލިކޭޝަނެއް ފޯނަށް އެޅިވެސް ދާނެއެވެ. 

ކެރުމުގައި ގިނައިން ކާބޯހައިޓްރޭޓްސް ހުންނަ ތަކެތި، ކެއުމުން ވަގުތީގޮތުން ހަކަތަ ލިބުނުނަމަވެސް، ފަހުން މުޅި މީހާ ލޮޑުކޮށްލާނެއެވެ.  

މަސައްކަތުގެ ވަގުތު ޝެޑިއުލް ކުރުން:

ކޮންމެ ދުވަހެއް ވެސް ފަށާއިރު ރަނގަޅު ޝެޑިއުލްއެއްގައި ފެށުން މުހިންމެވެ. މިގޮތުން ހަށިގަނޑުގެ "ބައިލޮޖިކަލް ކްލޮކް" އާއި މަސައްކަތް ކުރަން ނުކުންނަ ވަގުތާ ދިމާކުރުމަކީ މުހިންމުކަމެކެވެ. 

މިހެންކަމުން އެމީހަކަށް އެންމެ ރަަނގަޅަށް މަސައްކަތް ކުރެވޭ ވަގުތުތައް އަމިއްލައަށް ބަލައި ހޯދައި ފާހަގަކޮށްފައި ބަހައްޓަން ވާނެއެވެ. ބައެއް މީހުންނަކީ ހެދުނު މަސައްކަތް ކުރެވޭ މީހުންނެވެ. އަނެއްބަކީ ރޭގަނޑު މަސައްކަތްކުރެވޭ މީހުންނެވެ. މިހެންކަމުން އެމީހަކަށް އެންމެ ރަނގަޅަށް މަސައްކަތް ކުރެވީ ކޮންވަގިތުތަކެއްގައި ކަން ދެނެގަނެ އެވަގިތުގަކުގައި މަސައްކުރެވިދާނެއެވެ. މިކަމަށްޓަކައި ދުރާލައި މުޅި ދުވަސް ރާވާލުން މުހިންމެވެ.

ނިދި ހަމަކުރުން:

ރަނގަޅަށް ނިދުމަކީ ވެސް ކޮންމެހެން ކުރަންޖެހޭކަމެކެވެ. ހަމަނިދި ނުލިބޭނަމަ ހަށިގަނޑުގައި ހަކަތައެއް ނުހުންނާނެއެވެ. އަނެއްބައިފަހަރު 8 ގަޑީރު ނިދިނަމަ ވެސް ވަރުބަލިކަމެއް ނުފިލައެވެ. މި މައްސަލަ ހައްލުކުރުމަށް ވެސް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.  

ފުރަތަމަ ކަމަކަށް ނިދާނެ ވަގުތުތަކެއް ކަނޑައަޅައި، ނިދުމުގެ އަހުލާގު ރަނގަޅު ކުރެވިދާނެއެވެ. ދުވާލު ގަޑީގައި ނިދިއަސް މާގިނަ ވަގުތު ދުވާލު ނިދަން އޮތުން ވެސް ބުއްދިވެރިއެއް ނޫނެވެ. ނިދާތަން އަރާމުތަނަކަށް ހަދާށެވެ. އަޑުގަދަ ތަންތަނުގައި ވެސް ނިދުން ބުއްދިވެރިއެއް ނޫނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް