ads
ފަރަށް ލިބުނު ގެއްލުންތަކުގެ ތެރެއިން އީޕީއޭއިން އާއްމުކޮށްފައިވާ ފޮޓޯތައް
އީޕީއޭއިން ހެދި ރިޕޯޓް އެފްކޮންސްއިން ގަބޫލެއް ނުކުރި، ބޭނުންވަނީ އަލުން ސާވޭ ކުރަން
ވިލިމާލެ އިރުމަތީ ފަރަށް އެފްކޯންގެ ބްރިޖުމަސައްކަތައް ގެންގުޅުނު ޕްލެޓުފޯމެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނު މައްސަލާގައި، އީޕީއޭއިން ކުރި ދިރާސާ އަށް ފަހު ތައްޔާރު ކުރި ރިޕޯޓް ބަލައި ގަތުމަށް ދެކޮޅު ހަދާ، އެކުންފުނިން އަމިއްލަ އަށް ދިރާސާ ކުރުމަށް އެކުންފުނިން އެދިއްޖެ އެވެ.
Advertisement

ތިލަމާލެ ބްރިޖު މަސައްކަތައް ވިލިމާލެ އިރުމަތީފަރާތު ފަރާއި ދިމާލުގައި ގާއިމުކޮށްފައިވާ ބްރިޖު ޕްލެޓުފޯމެއް ހައްޔަރުން ނެއްޓި ވިލިމާލެ އިރުމަތީ ފަރަށް އުރިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ.

ޕްލެޓުފޯމު އެތަނުން ނުނަގާ ލަސްވާ މައްސަލާގައި އެތައް ބަޔަކު ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަަކަށް ފަހު އެތަނުން ޕްލެޓުފޯމު ނެގުނީ 12 ދުވަސް ފަހުންނެވެ. ޕްލެޓުފޯމު ނަގާ އީޕީއޭއިން ކުރި ދިރާސާތަކުން ފަރަށް ބޮޑެތި ގެއްލުންވެފައިވާކަން ފާހަގަ ކުރެވިފައިވެ އެވެ.

އީޕީއޭއިން ކުރި ދިރާސާ އަށް ފަހު ތައްޔާރު ކުރި ރިޕޯޓަށް ޖަވާބުދާރީ ވުމަށް އީޕީއޭއިން ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެފްކޮންސް އަށް ހުށަހަޅާފަ އެވެ. އަދި ރިޕޯޓް އާއްމު ކުރުން ލަސްވަމުން ދަނީ އެކުންފުނިން ޖަވާބުދާރީ ވުން ލަސްވަމުން ދާތީ ކަމަށް އީޕީއޭއިން ވަނީ މީގެ ކުރިން ބުނެފަ އެވެ. 

މިކަމާއި ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައޫމް ވިދާޅުވީ އީޕީއޭއިން ކުރި ސާވޭ އާ މެދު ހިތްހަމަނުޖެހިގެން އެކުންފުނިން އަމިއްލަ އަށް ސާވޭ ކުރުމަށް މީގެ ދެ ހަފްތާ ކުރިން އެދިފައިވާ ކަމަށާއި، އީޕީއޭއިން ކުރިއަށް ގެންދިޔަ ސާވޭ ގައި ބައިވެރިވުމަށް އެކުންފުންޏަށް ފުރުސަތު ދިން ނަމަވެސް އެކުންފުނިން ސާވޭ ކުރިއަށް ގެންދިޔަ އިރު ބައިވެރިވެފައި ނުވާ ކަމަށެވެ. 

އޭގެ ބަދަލުގައި ސާވޭގައި ބައިވެރިވީ ކުންފުނީގެ އިންޝުއަރެންސްގެ ބައެއް ކަމަށް ވެސް ނައީމް ވިދާޅުވި އެވެ. މީގެ އިތުރުން ނައީމް ވިދާޅުވީ، އަލުން ސާވޭ ހެދުމަށް ފަހު ހަތް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށް އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށާއި، މިހާރު ގުނަމުން ދަނީ އެ މުއްދަތު ކަމަށެވެ. 

ފަރަށް ގެއްލުން ލިބިފައިވަނީ އިންޑިއާގެ ކުންފުންޏެއްގެ ސަބަބުންކަމަށްވާތީ، އެކުންފުންޏަށް ފިޔަޅު ނާޅާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން ނެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން މީގެ ކުރިން ވިދާޅުވީ، ގާނޫނު ހިނގާނީ ވަކި ކުންފުންޏަކަށް ވުމުން ތަފާތުގޮތަކަށް ނޫން ކަމަށާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. 

"އެންވަޔަރަމެންޓް މިނިސްޓްރީއަށް ވުރެ ބޮޑަށް އީޕީއޭއިން އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނީ، އެކަމުގެތެރޭގައި ސަރުކާރަކުން ވަކިގޮތެއް ހަދަން ނުވަތަ ވަކިގޮތެއް ނަހަދާކަށް އެބޭފުޅުންނަކަށެެއް އިރުޝާދެއް ނުދޭނެ،" މިއުވާން ވިދާޅުވި އެެވެ.

މިއުވާން ތަކުރާރުކޮށް ވިދާޅުވީ، ވަކި ގައުމަކަށްވީތީ ގާނޫނު ނުހިނގާނެ ގޮތެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމާއިރު ވަކި ގައުމަކުން އެހީދޭތީ އެކަމަށް ވެސް ނުބައްލަވާނެ ކަމަށެވެ. 

ޕްލެޓުފޯމު ނުނެގި ގިނަ ދުވަސްވުމުގެ ސަބަބުން ޕްލެޓުފޯމު ނަގަން ބެލިއިރު ޕްލެޓުފޯމުގެ ފައިކަށިތައް ހުރީ ފަރުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފަ އެވެ. ފަރަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކަކީ ދަގަނޑު ޕްލެޓުފޯމު ނު ނެގި ލަސްވުމުން ރާޅާ އެކު ފަރުގައި ޖެހިޖެހި އޮތުމުން ގޭނިގެންނާއި، އެހެނިހެން ގޮތްގޮތުން ލިބިފައިވާ ގެއްލުންތަކެެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް