ads
އެފްކޮންގެ ޕްލެޓްފޯމް ވިލިގިލި ފަރުމަތީގައި (ފޮޓޯ އަވަސް)
އެންމެ ފަހުން ގެއްލުން ބެލުމަށް އަމިއްލައަށް ސާވޭ ކުރުމުގެ ހުއްދަ އެޕްކޯނަށް
ވިލިމާލެ އިރުމަތީ ފަރަށް އެފްކޯންގެ ބްރިޖުމަސައްކަތައް ގެންގުޅުނު ޕްލެޓުފޯމެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނު މައްސަލާގައި، އީޕީއޭއިން ކުރި ދިރާސާ އަށް ފަހު ތައްޔާރު ކުރި ރިޕޯޓް ބަލައި ގަތުމަށް ދެކޮޅު ހެދި އިންޑިޔާގެ އެފްކޮންއިން އަމިއްލައަށް ދިރާސާ ހެދުމުގެ ހުއްދަ އެންމެ ފަހުން އީޕީއޭއިން ދީފިއެވެ.

ތިލަމާލެ ބްރިޖު މަސައްކަތައް ވިލިމާލެ އިރުމަތީފަރާތު ފަރާއި ދިމާލުގައި ގާއިމުކޮށްފައިވާ ބްރިޖު ޕްލެޓުފޯމެއް ހައްޔަރުން ނެއްޓި ވިލިމާލެ އިރުމަތީ ފަރަށް އުރިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ. ޕްލެޓުފޯމު އެތަނުން ނުނަގާ ލަސްވާ މައްސަލާގައި އެތައް ބަޔަކު ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް ފަހު އެތަނުން ޕްލެޓުފޯމު ނެގުނީ 12 ދުވަސް ފަހުންނެވެ. ޕްލެޓުފޯމު ނަގާ އީޕީއޭއިން ކުރި ދިރާސާތަކުން ފަރަށް ބޮޑެތި ގެއްލުންވެފައިވާކަން ފާހަގަ ކުރެވިފައިވެ އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމްއާ ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނަނީ އީޕީއޭއިން ހެދި ސާވޭ އެފްކޮންސްއަށް ކަމުނުދިޔައީ ކީއްވެކަން ސާފު ނުވާ ކަމަށާއި، އެހެންނަމަވެސް އެ މީހުން އަމިއްލައަށް ސާވޭ ކުރަން 7 ދުވަސް ދީފައިވާ ކަމަށެވެ.

އީޕީއޭއިން ކުރި ދިރާސާ އަށް ފަހު ތައްޔާރު ކުރި ރިޕޯޓަށް ޖަވާބުދާރީ ވުމަށް އީޕީއޭއިން ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެފްކޮންސް އަށް ހުށަހަޅާފަ އެވެ. އަދި ރިޕޯޓް އާއްމު ކުރުން ލަސްވަމުން ދަނީ އެކުންފުނިން ޖަވާބުދާރީ ވުން ލަސްވަމުން ދާތީ ކަމަށް އީޕީއޭއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ފަރަށް ގެއްލުން ލިބިފައިވަނީ އިންޑިއާގެ ކުންފުންޏެއްގެ ސަބަބުންކަމަށްވާތީ، އެކުންފުންޏަށް ފިޔަޅު ނާޅާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން ނެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން މީގެ ކުރިން ވިދާޅުވީ، ގާނޫނު ހިނގާނީ ވަކި ކުންފުންޏަކަށް ވުމުން ތަފާތުގޮތަކަށް ނޫން ކަމަށާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް