އޯޕެކުން ވަނީ ތެޔޮ އުފައްދާ މިންވަރު ދުވާލަކަށް 2މިލިޔަން ފީފާ މަދު ކޮށްފައެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރިޗަރޑް ބްލޫމެނާލް އާއި ރެޕްރެޒެންޓޭޓިވް ރޯ ކަންނާ ވަނީ އޯޕެކުން ތެޔޮ އުފައްދާ މިންވަރު މަދުކޮށް ، ރަޝިޔާގެ ހަކަތައިގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ.
އެމެރިކާގެ އިސް ދެ ޑިމޮކްރެޓުން ގޮވާލާފައި ވަނީ ސައުދީއަށް އެކަމުގެ އަދަބު ދިނުމުގެ ގޮތުން ހަތިޔާރު ވިއްކުން މެދުކަނޑާލުމަށެވެ.
ބްލޫމެނާލް، ކަންނާ އަދި ޔޭލް ބިޒްނަސް ޕްރޮފެސަރު ޖެފްރީ ސޮންނެފެލްޑް އާދީއްތަ ދުވަހު ޕޮލިޓިކޯ އޮޕް-އެޑްގައި ލިޔުއްވާފައިވާ ގޮތުގައި ނިއުކްލިއަ ބޮމުގެ ގަތުލުއާންމު ހިންގާ ރަޝިޔާގެ ރައީސް ލަޑްމީރް ޕޫޓިންގެ އެންމެ ބޮޑު ބައިވެރިޔާއަށް އެއްވެސް ކޮންޓްރޯލެއް ނެތި ހަތިޔާރު ވިއްކައިގެން ނުވާނެ ކަމަށެވެ.
އިތުރަށް ބުނީ ސައުދިއަރަބިޔާއަށް އެމެރިކާއިން ހަތިޔާރު ވިއްކުން ވަގުތުން ހުއްޓާލުމަށް ޤާނޫނު ހަދާ މަޖިލީހަށް އަންގާރަ ދުވަހު ހުށަހަޅާނެ ކަމަށެވެ.
ހޯމަ ދުވަހު ސެނެޓްގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ ޗެއާމަން ބޮބް މެންޑޭޒްވެސް ވަނީ، ސައުދީ އަރަބިއްޔާއާއެކު އޮންނަ ހުރިހާ ގުޅުންތަކެއް ހުއްޓާލުމަށް އެމެރިކާ ސަރުކާރަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި ސައުދީޫން ނެގޭނީ ކޮންމެވެސް އެއްކޮޅެއް ކަމަށެވެ. އެހެންކަމުން ސައުދީގެ ސްޓޭންޑް އަލުން މުރާޖައާ ކުރުމުން ނޫނީ އެއްވެސް އެހީއެއް ނުވުމަށް އެމެރިކާ ސަރުކާރަށް ވަނީ ގޮވާލާފައެވެ.