ads
ސޯނަމްގެ ދެމަފިރިން ދަރިފުޅާއިއެކު
ސޯނަމްގެ ދަރިފުޅަށް ކީ ނަން އެނގޭތަ؟
ބޮލީވުޑްގެ މައްޝްހޫރު ބަތަލާ ސޯނަމް ކަޕޫރް ފުރަތަމަ ދަރިއަށް ބަލިވެ އިންކަން ހާމަކޮށްފައިވަނީ މިއަހަރުގެ މާޗު މަހު އެވެ. އޭނާ ބަނޑުބޮޑުވިކަން ހާމަކުރީ ބަނޑަށް ހަތަރުމަސް ފުރުމުން ނެވެ.

އޭނާ ވިހާފައިވަނީ މިދިޔަ އޮގަސްޓުމަހުގެ 20 ވަނަ ދުވަހު އެވެ. ވިހެއީ ފިރިހެން ކުއްޖެކެވެ. 

ކުއްޖާއަށް މަހެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު، ދަރިފުޅަށް ނަން ދީފައިވާއިރު، އޭނާ ވަނީ ހަމަ އެދުވަހު ކުރި ޕޯސްޓެއްގައި ދަރިފުޅުގެ ނަން ވެސް ހާމަކޮށްފަ އެވެ. 

ސޯނަމްގެ ދަރިފުޅަށް ކީ ނަމަކީ ވަޔޫ ކަޕޫރް އަހޫޖާ އެވެ. ކުއްޖާގެ ނަމަށް ސޯނަމްގެ އާއިލީ ނަން އަދި އޭނާގެ ލާސްޓު ނޭމް ކަޕޫރް ވެސް ވަނީ ހިމަނާފަ އެވެ. ބައްޕަ އާނަންދު އަހޫޖާގެ ނަން ގެނެސްފައިވަނީ އޭގެ ފަހަތަށެވެ. 

އިންޑިއާގައި އުސޫލެއްގެ ގޮތުން ކުއްޖާގެ ފަހަތަށް ބޭނުންކުރަނީ ބައްޕަގެ ނަމެވެ. ނަމަވެސް މިފަހަކަށް އައިސް ބައެއް ބޮލީވުޑްތަރިން އެމީހުންގެ ދަރިންގެ ނަމުގެ ފަހަތަށް އަންހެންމީހާގެ ލާސްޓު ނޭމްވެސް ލައެވެ. 

ސޯނަމް ބުނީ، ވަޔޫގެ މާނައަކީ ރީތިކަމާއި، ކެރުންތެރިކަން އަދި ބަތަލު ކަމަށެވެ. 

ސޯނަމް ކަޕޫރް އާއި އަނަންދް އަހޫޖާ ކައިވެނި ކޮށްފައި ވަނީ މީގެ ހަތަރު އަހަރު ކުރިން، 2018 ވަނަ އަހަރުގެ މޭ މަހު އެވެ. ސޯނަމް އަކީ ބޮލީވުޑްގެ ބަތަލް އަނީލް ކަޕޫރްގެ ދޮށީ އަންހެން ދަރިފުޅެވެ. 

ސޯނަމް އެންމެ ފަހުން ފެނިގެން ދިޔައީ 2019 ވަނަ އަހަރުގައި ނެރުން "ދަ ޒޯޔާ ފެކްޓާ" ފިލްމް އިންނެވެ. މީގެ އިތުރުން 2020 ވަނަ އަހަރުގައި ނެރުނު ނެޓްފްލިކްސްގެ ފިލްމް "އޭކޭ  ވޮސަސް  އޭކޭ" ގައި ކުޑަ ރޯލެއްވެސް އޭނާ ވަނީ ކުޅެފަ އެވެ.

އަނަންދް އާއި ސޯނަމް ދިރިއުޅެނީ ލަންޑަންގައެވެ.
29%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް