ads
ޒަކިއްޓެއާއި ނައްބަތް: ފޮޓޯ-- ސޯޝަލް މީޑިއާ
ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޒަކިއްޓެ އާއި ނައްބަތު ކައިވެނިކޮށްފި
ގިނަ ބައެއްގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، ހަސަން އިރްފާން (ޒަކިއްޓެ) އާއި ފާތުމަތު ނައްބަތު ޝަކީބް ކައިވެނިކޮށްފި އެވެ.

މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވަނީ ދުވަސްތަކެއް ވެފަ އެވެ. އެ ދެތަރިން އެންގޭޖް ވެފައިވަނީ، އޮގަސްޓު މަހުގެ 11 ވަނަ ދުވަހު އެވެ. 

މި ދެތަރިންނަކީވެސް ރާއްޖޭގައި ބޭއްވި މޯލްޑިވިއަން އައިޑޮލް އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ދެ ތަރިންނެވެ. ޒަކިއްޓެ އާއި ނައްބައްތަ ކައިވެނި ކޮށްފައި ވާއިރު، ދެ ތަރިންގެ ކައިވެނީގެ ފޮޓޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. 

މޯލްޑިވިއަން އައިޑަލް އިން ކާމިޔާބީ އެއް ލިބިފައި ނުވި ނަމަވެސް މި ދެ ތަރިންވެސް ވަނީ، ލަވަކިޔުމުގެ ދާއިރާއިން ކުރިއަށް ޖެހިލާފަ އެވެ. އެގޮތުން "އެހަނދާނުގައި" ގެ ޝޯ ތަކުން ނައްބަތްގެ ހިތްގައިމު ލަވަތައް އަޑުއިވެމުން ދާއިރު، ޒަކިއްޓެވެސް ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޭނާގެ ހުނަރު ދައްކާލަމުންނެވެ.

އަދި މި ދެ ތަރިން އެކުގައިވެސް އެކި ހަފްލާ ތަކުގައި ލަވަ ކިޔަމުން ދާކަން ފާހަގަ ކޮށްލެވެ އެވެ. 

42%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް