ads
ކްރިމިއާ ބްރިޖް
ކްރައިމިއާ ބްރިޖު ގޮއްވާލިކަމުގެ ތުހުމަތުގައި 8 މީހަކު ހައްޔަރުކޮށްފި
ރަޝިއާ އާއި ކްރައިމިއާ ގުޅޭ މައި ބްރިޖު ގޮއްވާލި މައްސަލާގައި ރަޝިއާގެ ފަސް މީހަކު ހިމެނޭހެން އަށް މީހަކު ހައްޔަރުކޮށްފި އެވެ.

ކްރައިމިއަން ބްރިޖަކީ މިހާރު ޔުކްރެއިންގައި ކުރާ ހަނގުރާމައަށް ހަތިޔާރު ފޯރުކޮށްދިނުމަށް ބޭނުންކުރާ މުހިއްމު ސަޕްލައި ރޫޓެކެވެ.  

ޔޫކްރެއިން އިން އެ ބްރިޖު ގޮއްވާލާފައިވަނީ މިމަހުގެ އަށްވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. 

އެމައްސަލާގައި ރަޝިއާއިން މިހާރު ހައްޔަރުކޮށްފައިވަނީ، ރަޝިއާއަށް ނިސްބަތްވާ ފަސް މީހަކާއި، ޔޫކްރެއިން އާއި އަރްމީނިއާގެ ތިން ރައްޔިތެކެވެ. 

ރަޝިޔާގެ ފެޑެރަލް ސިކިއުރިޓީ ސާވިސް (އެފްއެސްބީ) އިން ނެރުނު ނޫސްބަޔާނަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާގޮތުގައި، ބޮންތައް ރައްކާކޮށްފައިހުރީ ޕްލާސްޓިކް ފިލްމު ރޯލްތަކެއްގައެވެ. އެތަކެތި ހިފައިގެން ޔޫކްރޭންގެ އޮޑެސާ ބަނދަރުން ފުރީ އޮގަސްޓު މަސްތެރޭގައި ކަމަށާއި، ރަޝިއާއަށް އެތެރެވުމުގެ ކުރިން ބަލްގޭރިއާ، ޖޯޖިއާ އަދި އަރްމީނިއާ މެދުވެރިކޮށް އެތަކެތި ޓްރާންސިޓް ކުރިކަމަށް އެފްއެސްބީ އިން ބުންޏެވެ. 

ޔުކްރެއިންގެ ޑިފެންސް މިނިސްޓްރީން ވަނީ ނުސީދާ ގޮތުގައި މި ހަމަލާގެ ޒިންމާ ނަގާފައެވެ. އެ ގޮތުން ޔުކްރޭން ޑިފެންސް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ “ގާނޫނާ ހިލާފަށް ހަދާފައި އަދި ބަހައްޓާފައި” ހުންނަ ހުރިހާ އެއްޗެސަކީ ވެސް  “ނައްތާލާނެ” އެއްޗެހި ކަމަށެވެ.

ހަމަލާގެ ވަގުތު ބްރިޖާ ޖެހިގެން އޮންނަ ރެއިލްވޭ ޓްރެކްވެސް ވަނީ ބަންދުކޮށްފަ އެވެ. 

ބްރިޖު ގޮއްވާލަން ބޭނުންކޮށްފައިވަނީ މުދާ އުފުލާ ޓްރަކަކަށް  ގޮވާތަކެތި ބަރުކޮށްގެން އެހިސާބަށް ގެންގޮސްކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވެއެވެ. 

ގޮވުމުގެ ސަބަބުން އެވަގުތު ޖެހިގެން އޮތް ރެއިލްވޭ ޓްރެކުން ދަތުރުކުރި ރޭލުގައި ހުރި ތެޔޮ ޓޭންކަރުތަކުގައި ރޯވެފައިވެއެވެ. 

އެ ހަމަލާގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ. އަދި ކުޑަކުއްޖަކަށްވެސް ވަނީ އަނިޔާވެފައެވެ. އެ ބްރިޖު މިހާރުވަނީ މަރާމާތުކޮށް އަލުން ދަތުރުތަކަށް ހުޅުވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް