
އައިޖީއެމްއެޗް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިއަދު ހެނދުނު 08:19 ގައި އެ ހޮސްޕިޓަލުގެ ސިސްޓަމްތަކަށް ދިމާވި މައްސަލަ އަކާއި ގުޅިގެން މެމޯ ހެއްދުމުގެ ހިދުމަތް މެދުކެނޑިފައި ވާކަމަށެވެ.
އެހެން ނަމަވެސް ޑޮކްޓަރަށް ދެއްކުމާއި، އެމެޖެންސީކޮށް ފަރުވާ ދިނުން ކުރިއަށް ދާނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އަދި މެމޯ ހެއްދުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައި ވީނަމަވެސް، އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފަ އެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލަކީ، ކޮންމެ ދުވަހަކުހެން އެތައް ހާސް ބަޔަކު ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލަކަށް ވާއިރު، ބައެއް ހިދުމަތްތައް ހޯދުމަށް ދިގު އިންތިޒާރުތަކެއް ބައެއް ފަހަރު ކުރަންޖެހޭ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.