ads
އަޒްހާންގެ މަހާނަ
ޒުވާނެއްގެ ނިމުން. ޒިންމާވާނީ ކާކު؟
މިއަދު ހުކުރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައި އޮތީ ހުޅުމާލޭން ގެއްލިގެން އުޅޭތާ 2 ހަފްތާއަށް ފަހު މަރުވެފައި އޮއްވާ ފެނުނު ޒުވާން ފިިރިހެން ކުއްޖާގެ ޖަނާޒާއެވެ. އުމުރުން އެންމެ 27 އަހަރުގައި އާއިލާއާ ރައްޓެހިންނާ ވަކިވެދިޔައީއެވެ.
Advertisement

ގައުމެއްގެ ގޮތުގައި މިއީ އަހަރުމެން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެކެވެ. ވީނުވީއެއް ނޭނގި ގެއްލި 2 ހަފްތާ ވެގެން ދިޔަ ފަހުން މަރުވެފައި އޮއްވާ ފެނުނީއެވެ. މަރުވީ ކޮން ދުވަހަކު ކަންވެސް ކުޑަމިނުން އާއިލާއަށް ނޭނގެއެވެ. ފާތިހާ ކިޔަވާނީ ކުޑަމިނުން ސާޅީސް ދުވަސްވެސް އެނގިގެންތާއެވެ. 

މި ގޮތަށް މީހުން ގެއްލުން މިހާރު މިއީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. މީގައި ޒިންމާވާނެ މީހަކު ނެތީއެވެ. ޒިންމާ އުފުލާނެ މީހަކުވެސް ނެތީއެވެ. ޒިންމާ ކުރެވޭނެ ގޮތެއް އަދި އަމުދުން ނެތޭ ބުނެފިނަމަ އެކަމަށް އެއްބަސްވާނެ މީހުން ބައިވަރެވެ.

ސަރުކާރުތައް އައިސް ސަރުކާރުތައް ބަދަލުވަމުން ދެއެވެ. ކޮންމެ ކެމްޕެއިނަކާ ދިމާކޮށް ގެއްލުވާލާފައިވާ މީހުންނަށް ނުވަތަ މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދައިދޭ ވާހަކައިގެ އަޑު ގަދަވެއެވެ. އެކަމަކު ހަގީގަތުގައި އެ އިންސާފު ލިބޭތޯ ސުވާލު އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހެއެވެ. 

ނޫސްވެރިޔާ ރިލްވާން ގެއްލި ނުވަތަ ވަގަށް ނަގައިގެން އެ ހިނގި ކަމެއްގެ ސަބަބުން އެކަމުން އަދިވެސް އޭނާގެ އާއިލާއަށް ކުޑަވެސް ހިތްހަމަ ޖެހުމެއް ލިބުނެކޭ އަޅުގަނޑަކަށް ބުނާކަށް ނުކެރޭނެއެވެ. އެ ފަހުން ގެއްލުނު އަންހެން ކުއްޖާގެވެސް ހަބަރެއް އަދި އަދަށްވެސް ނުވެއެވެ. 

ހުޅުމާލޭ ހާދިސާގައިވެސް ފުލުހުން އަމަލު ކުރިި ގޮތާމެދު ސުވާލު އުފެދެއެވެ. ނުލިބެނީ ޖަވާބެކެވެ. ޖަވާބެއް އަދި ލިބުނަސް ހަގީގަތަކީ ފުލުހުންނަށް އިތުބާރު ކުރަންވެސް ދަތިވަނީއެވެ. 

ހުޅުމާލޭން ގެއްލުނު ޒުވާނާގެ ޖަނާޒާ ނިމުމުން އެކަންވެސް ދެން އާއްމުން އިސާހިތަކު ހަނދާން ނެތިދާނެއެވެ. ސިޔާސީ މީހުން ކެމްޕެއިންތަކާ ދިމާކޮށް އަނެއްކާވެސް މި ވާހަކަ ނަގާނެއެވެ ޓްވިޓާ އަދި ފޭސްބުކްގައި މި ވާހަކަ ދައްކާނެއެެ. އެކަމަކު ހަގީގީ މާނައިގައި މި ފަދަ ކަންކަމާ މެދު އެއްވެސް ކަމެއް ކުރެވިއްޖެ ހެއްޔެވެ؟ އެ ޒުވާނާގެ މައިން ބަފައިންނާ އާއިލާއަށް ދުވަހަކުވެސް އެ ހިތާމައިން އަރައިގަނެވޭނެ ހެއްޔެވެ؟ މިއީ އިންސާފެއް ނޫނެވެ. 

23%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
61%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް