ads
ކައުންސިލްގެ ޑިޒައިން
ގަލޮޅު ޕާކު އަލުން ތަރައްގީ ކުރަނީ
އަލިކިލެގެފާނު މަގުގައި އޮންނަ ޕާކު އަލުން ތަރައްގީ ކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕާކު އަލުން ތަރައްގީ ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމީ ގަލޮޅުގެ ރައްޔިތުންގެ އެދުމުގެ މަތިންނެވެ. 

އަލުން މި ޕާކު ތަރައްގީ ކުރާއިރު، ކުޑަކުދިންގެ "ޕްލޭ އޭރިއާ" އަކާއި ފުރޮޅުލީ ގޮނޑިއާއެކު އެރޭނެ އުނދޯއްޔެއް ހަދާނެ ކަމަށެވެ. މީގެ އިތުރުން ހާއްސަ ތީމަކަށް ހަދާ "ފްލާވާ ސީޓް" އަދި "ލީފް ސީޓް" އާންމުން ކަސްރަތު ކުރުމަށް އައުޓްޑޯ ޖިމެއް އަދި ކަސްރަތު ކުރުމަށް ހިނގާ ޓްރެކެއް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އައުޓްޑޯ ޖިމެއްވެސް ހަދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް